Advertisement

ގިރާވަރު ފަޅުން ގޯތި ދޫކުރަން ފަށައިފި

29 ސެޕްޓެންބަރު 2023 - 16:35 2

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ގޯތި ދޫކަން ފަށާފައިވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ގިރާވަރު ފަޅުން ގޯތި ދޫކުރަން ފަށައިފި

29 ސެޕްޓެންބަރު 2023 - 16:35 2

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވާ މީހުންގެ ގޯތި ކެނޑުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ގިރާވަރު ފަޅުން ހިއްކާފައިވާ ބިމުން ގޯތި ކެނޑުމަށް މިއަދު ހެނދުނު ވެސް ބައެއް މީހުންނަށް ރަޖިސްޓްރީ ދޫކޮށްފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެފައި ވަނީ ގިރާވަރު ފަޅުން ގޯތި ދޫކުރާ މީހުންގެ ގޯތީގެ ރަޖިސްޓްރީ މިރޭ 8:00 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.

ގިރާވަރުފަޅުން ގޯތި ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ފަޅު ހިއްކައިގެން 169 ހެކްޓަރުގެ ބިން އުފައްދަން ވަނީ ނިންމައިފަ އެވެ. ގިރާވަރުފަޅުން ބިންވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމާފައިވާ 5,433 ގޯއްޗަށް ބޭނުންވަނީ 73 ހެކްޓަރުގެ ބިމެވެ.

މީގެ ކުރިން އަކުރަމް ވިދާޅުވެފައި ވަނީ ނޮވެމްބަރު 11ގެ ކުރިން ގިރާވަރުން ގޯތި ކަނޑައި ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ.

ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. ގެދޮރުވެރިޔާ ސްކީމުން ހުޅުމާލޭން 1351 ގޯތި، ގުޅިފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ނިންމާފައި ވެއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފެށީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ.