Advertisement

މުއިއްޒުގެ ދޮންމަންމައަށް ސާޖިދާ ފާޑުވިދާޅުވެއްޖެ

29 ސެޕްޓެންބަރު 2023 - 10:19 13

އަހުމަދު އާއިދު

އ

Advertisement

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުއިއްޒުގެ ދޮންމަންމައަށް ސާޖިދާ ފާޑުވިދާޅުވެއްޖެ

29 ސެޕްޓެންބަރު 2023 - 10:19 13

Advertisement

Advertisement

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީލަންކާގެ ސްކީލާން ހުސައިން އަށް، މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ބޭއްވި މުއިއްޒުގެ ކެމްޕޭނު އިވެންޓެއްގައި ސާޖިދާ ދެއްކެވި އެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯ ދައުރުވާން ފެށުމުން، މުއިއްޒުގެ ކެމްޕޭނު ޓީމުން، ޕީޕީއެމްގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް އެ ވީޑިއޯ ލާފައިވެ އެވެ.

Advertisement

ޑރ. މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު އަވަހާރަވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތް، ހެއްކާއި، އިންޓަވިއުއާއެކު އަދަދު ނޫހުން ރިލީޒުކުރި ތަހުގީގީ ޑޮކިއުމެންޓަރީގައި ގެނެސްދީފައިވެ އެވެ.

ބިދޭސީއަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް އޭނާ ޑީޕޯޓުކުރުން

މިއީ ލޯބިވާ ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު އޭނާއާ މެދު ޝެއިޚްގެ ހުރި ހަމައެކަނި ދަރިފުޅު، ޑރ. މުއިއްޒު ކަންކުރި އިހާނެތި ގޮތްކަމަށް ސްކީލާން ކުރާ ތުހުމަތުތަކުގެ ވާހަކަ. އެ ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ކުރި ތަހުގީގުން ފެންނާން ހުރި ލިޔުންތަކާއި ހެކީގެ ވާހަކަ.

ބިދޭސީއަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް އޭނާ ޑީޕޯޓުކުރުން

މިއީ ލޯބިވާ ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު އޭނާއާ މެދު ޝެއިޚްގެ ހުރި ހަމައެކަނި ދަރިފުޅު، ޑރ. މުއިއްޒު ކަންކުރި އިހާނެތި ގޮތްކަމަށް ސްކީލާން ކުރާ ތުހުމަތުތަކުގެ ވާހަކަ. އެ ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ކުރި ތަހުގީގުން ފެންނާން ހުރި ލިޔުންތަކާއި ހެކީގެ ވާހަކަ.

"މިހާރު ވަރަށް ބޮޑު ސްޓޯރީއެއް ނެރެގެން އެބަ އުޅޭ ދޮންމަންމަ ވާހަކަ ދެއްތޯ،" ސްކީލާންގެ ޑޮކިއުމެންޓަރީގައި ގެނެސްފައިވާ ވާހަކަތަކަށް ރައްދު ދެއްވަން ފެއްޓެވުމުގެ ގޮތުން ސާޖިދާ ވިދާޅުވި އެވެ.

Advertisement

އެއީ އާއިލީ ކަމެއް ކަމަށް ވާތީ ރައްދު ދެއްވަން މުއިއްޒު ބޭނުންފުޅު ނުވާކަން ސާޖިދާ ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް މިއަދު އަޅުގަނޑަށް މަޖުބޫރު އަޅުގަނޑުގެ ފިރިމީހާގެ ދިފާއުގައި މި ވާހަކަ ދައްކަން،"

ވީޑީއޯގައި ސާޖިދާ ވިދާޅުވަނީ މުއިއްޒުގެ ބައްޕަގެ މުދާ ސްކީލާން ބޭނުންވި ގޮތަށް ބަހާފައިވާ ކަމަށެވެ. އެގޮތުން ސިލޯން ބޭންކުގައި ހުރި ފައިސާ އާއި ކެންޑީ އާއި ކޮލަމްބޯގައި ހުރި ގެސްޓު ހައުސްއަކާއި ގަނޑުވަރެއްގެ ގޮތަށް ކޮލަމްބޯގައި ހަދާފައި ހުރި ގެ ދިނީ ސްކީލާނަށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ފެމިލީ ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ލަންކާގައި ޝެއިޚު ހުސައިންގެ މުދަލެއް ހުރި ކަމަށް ބަޔާންކޮށްފައެއް ނެތެވެ. އަދި އެކަން މުއިއްޒުގެ ބަޔާނުގައި ވެސް ފާހަގަކޮށްފައެއް ނެތެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ މ. ދިމްޔާތާއި، މަޒްޑާ ޑެމޯ ކާރަކާއި އެސްޓީއޯގެ 200 ހިއްސާ އާއި ބޭންކުތަކުގައި ހުރި ފައިސާ ބެހުމުގެ ވާހަކަ އެވެ.

ސްކީލާން


އެތަކެތީގެ ތެރެއިން ބޭންކު އޮފް ސިލޯނުގައި ހުރި ފައިސާ ފިޔަވައި، އެހެން ފައިސާ އާއި ދިމްޔާތު އަދި އެހެން މުދަލެއް އެއްކޮށް ސްކީލާން ވަނީ މުއިއްޒަށް ހަދިޔާކޮށްފަ އެވެ. ސާޖިދާ ވިދާޅުވީ މުދާ ބެހީ ސްކީލާން ބޭނުންވި ގޮތަށް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ލަންކާ މީހުންނަކީ ކޮން ބައެއްކަން. އަނެއްކާ ދޮން މަންމައެއްގެ ވާހަކަ މި ދައްކަނީ،"

ސާޖިދާ އެ ވާހަކަ ފާހަގަ ކުރެއްވީ ސްކީލާން އިންޓަވިއު ދިނީ ފައިސާގައި ހިފައިގެން ކަމަށް ދެއްކުމަށެވެ.

"ދިވެހިރާއްޖޭގެ ބިމުން ވެސް އެ ބޭފުޅާ ނެންގެވީސް ދިވެހިރާއްޖޭގެ ބިމަކުން ބޭރު މީހަކަށް ވާރުތަ ކުރެވެންޏާ. އެހެން ނަމަވެސް ބަންޑާރަ ބިމަކުން ނުލިބޭތީވެ، އެހެން ނޫނަމަ އެވެސް ހިފައިގެންކަންނޭ ދާނީ."

ބްލެކްލިސްޓުކުރި ވާހަކަ

ސްކީލާންއަށް ރާއްޖެ ނާދެވުނީ ބްލެކްލިސްޓްކޮށްފައި އޮތުމުންނެވެ. އަދި ބްލެކްލިސްޓު ކުރި ކަމުގެ ތުހުމަތު އޭނާ އަޅުވަނީ ދޮންދަރި މުއިއްޒު އަށެވެ. ނަމަވެސް ސާޖިދާ ވިދާޅުވީ އޭނާއަށް ރާއްޖެއަށް އެތެރެނުވެވުނީ ވިސާ ކެންސަލްވެފައި އޮތުމުން ކަމަށެވެ.

ތަރިކައިގެ މައްސަލަ ނިމެންދެން ސްކީލާން މާލޭގައި މަޑުކޮށްގެން ހުރި ކަމަށާއި ވިސާގެ ކަންކަން އެނގިވަޑައިގަތީ ފުރަން އެއާޕޯޓަށް ދިޔަ ފަހުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"ވަކި މުއްދަތެއްގެ ތެރޭގައި ހަގީގަތުގައި ވިސާ އޮޓޯއިން ކެންސަލް ވަނީ. އެއީ އަޅުގަނޑުމެންނަށް ވެސް ނޭނގޭ މައުލޫމާތެއް. އެންމެ ފަހުން މުއިއްޒު މެދުވެރިވެގެން އެ ރަނގަޅު ގޮތުގައި ނުކުންނަން (ފުރަން) ފުރުސަތު ލިބުނީ ވެސް ރާއްޖޭން، އިނގޭތޯ،" ސާޖިދާ ވިދާޅުވި އެވެ.

ސްކީލާން އެނބުރި އަންނަ ގޮތަށް ފުރައިގެން ދިޔައީ ޖެނުއަރީ 12، 2016 ގަ އެވެ. އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގަ އެވެ. ނަމަވެސް އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ގައި އޭނާ ބްލެކްލިސްޓްކޮށްފައި އޮތުމުން، ރާއްޖެއަށް އެތެރެ ނުވެވި އެނބުރި ދާންޖެހުނީ ސްރީ ލަންކާއަށެވެ.

ބްލެކްލިސްޓްކުރި ސަބަބު ލިޔުމުން ނުދެ އެވެ. އެހެންވެ، އެ މައްސަލަ ސާފުކުރުމަށާއި ބްލެކްލިސްޓު އުވާލައި ދިނުމަށް އެދި ސަރުކާރުގެ މުއައްސަސާތަކަށް ހުށަހެޅި އެވެ. ނަމަވެސް އެކަން އޮތީ ހައްލުނުކޮށެވެ.

އަދަދުގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ސްކީލާން ރާއްޖެ އެތެރެވާން އުޅުނީ ޓޫރިސްޓު ވިސާގަ އެވެ. ނަމަވެސް ބްލެކްލިސްޓުކޮށްފައި އޮތުމުން އެތެރެ ނުވެވުނީ އެވެ.


އޭނާ ބްލެކްލިސްޓުކުރީ އިންސާނީ ވަގުފާރީގެ ތުހުމަތުގަ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ޕޮލިހުން، އަދި އިމިގްރޭޝަނުން ވެސް ބަލާފައި ނެތްކަން އަދަދު ނޫހުގެ ތަހުގީގުން ފާހަގަވި އެވެ.

ހަމައެކަނި އިމިގްރޭޝަންގެ ސިސްޓަމުން ފެންނަން އޮތީ އެ މައްސަލައާ ގުޅޭ މެމޯ ނަންބަރަކާއި މީޓިން ބޭއްވި ނަންބަރެކެވެ. މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް އުފައްދައި، ފައިލްކޮށްފައި ވެސް ނެތެވެ. ޔައުމިއްޔާ އެއްވެސް ނެތެވެ.

ބްލެކްލިސްޓްކުރި ކަމުގެ ތުހުމަތު ސްކީލާން ކުރަނީ މުއިއްޒުގެ މައްޗަށް ކުރާއިރު، އެ ވާހަކަތަކަށް މުއިއްޒު މިހާތަނަށް ރައްދެެއް ނުދެއްވަ އެވެ.

ސްކީލާން ބުނީ އޭނާ ލަންކާއަށް އޭނާ ދިޔަފަހުން މުއިއްޒު އާއި ސާޖިދާ އޭނާއާ އެއްކޮށް ގުޅުން ކަނޑާލި ކަމަށާއި، މުވާސަލާތީ ހުރިހާ ވަސީލަތަކުން ވެސް ބްލޮކް ކުރި އެވެ.


Advertisement

44.00%

8.00%

32.00%

16.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އާދަނު123

over 1 year ago

ބަލަ ކޮންކަމެއް ސާބިތު ކޮށްދޭން ތި އުޅެނީ، އެއީ މުއީޒު ބަލަން ޖެހޭ މީހެއްތަ؟ އޭނައަށް ރާއްޖޭ ބިމުން ބައެއް ދެވޭނެތަ، އޭނަގެ ތިމާގެ މީހެއް މިތާނެތިލާ ރާއްޖެ އަންނަން ޖެހޭތަ. އިބޫ ރާ ވިއްކައިގެން އަރުވާލި ތ ގުރައިދޫ މީހުންގެ އިނޓަވިޔު ނަގަންދޭބަލަ

ދޮންމަންމް

over 1 year ago

ދޮންމަންމަ ހަމަ ހިތުހުރިގޮތަކަށް ވާހަކަ ދަންކަންވީދޯ. ދިފާއުގަ ވާހަކަ ދެއްކީމަ އެވަނީ ދޮންމަންމައަށް އެއްޗެހިކީ ކަމަށް. މުއިޒް އެކަނި މިޖެހެނީ ދޮންމަންމްއެއް ބަލަން

ނަސީ

over 1 year ago

އަދަދު އަދިވެސް މައިތިރިވާކަށް ނުވޭ

އަހްމަދު

over 1 year ago

އަދަދު ނޫހުން ލިޔާނެ ވަރަކަށް އެންޓި ކޮށް ލިޔެންވީ ، އެކަމަކުވެސް މިފަހަރު މިއީ މުއިއްޒުގެ ފަހަރު ، ލިޔާމީހުންގެ ކަރުން ހިތިރަހަލައްވާ ރޮއްވާލާ ފަހަރު ، 30 ސެޕްޓް ގައި ވޯޓް ގުނާއިރު ރޮއި ރޮއި ތިބޭތި !!!

ހައި

over 1 year ago

މުއިއްޒުގެ ބަލިފައި

ޙަސަނުގެ ދަރި

over 1 year ago

ޢަދަދު ނޫހަކީ އިބޫސޯލިހަށް ކެމްޕޭން ކޮށްދޭ ނޫހެއް ކަމަށް ލަފާ ކުރެވެނީ.


އަނދުން

over 1 year ago

ސާޖިދާ އެންމެ ފުރަތަމަ ދިން އިންޓަރވިއުގައި ބުނީ މަތިން ބާވާލެއްވި އިސްލާމްދީނަކީ އެންމެ ފުރިހަމަދީނޭ. އެކަމު މާލެއިން ބިން ބަހަންވީމަ މަތިން ބާވާލެއްވި ހުކުމަށްވުރެ އިސްކުރީ މުއިޒަށް މުޅިބިން ލިބޭންއޮތް ދިވެހި ގާނޫނު.

ކުޑަ އަބްދޯ

over 1 year ago

އިސްލާމީ ޝަރީއަތް ނޭގި އޭގަ އޮތް ގޮތޭ ނެތް ގޮތަކަށޭ ކިޔާފަ ނަފްރަތު އުފެދޭ ވާހަކަ ދެއްކުމަކީ ފިތުނަ


ސާޖިދާ އ

over 1 year ago

ދިވެހި ރާއްޖޭގެ ގާނޫނުގަ ވާރުތަ ވިޔަސް ބިމެއް ބޭރުމީހަކައް ނުލިބޭނެ. ސާޖިދާ ކުރާނެ ކަމެއްނޫން އެއީ.


ދޮންތަކުރު

over 1 year ago

މާލެއިން ބިން ބިދޭސީންނަށް ލިބެ ގޮތަކަށް ނޯވޭ ސާޖިދަ ބުނީ ލިބޭގޮތަށް އޮތްނަމަ އޭނާ އެބައި ދޫނުކުރަނެ ކަމަށް. ކޮބަތަ ދެން ގޯހަކީ ދޮންމަންމައަށް ނުލިބެނަމަ ދެން ހުސެންބެގެ އެހެން ދަރިއެއް އެހެން އަންބެއް ނެތިއްޔާ ލިބެނީ މުއިއްޒު އަކަށް ނޫންބާ. މުއިއްޒު ބިމަށް ވެރިވެ ގަތީކީ ނޫނެއްނު ޝަރީޢަތުން ރާއްޖޭގެ ޤާނުނުން ދޮންމަންމައަށް ބިން ލިބެން ނެތީމަ ނުލިބުމަކި މުއިއްޒުއަ ސާޖިދާ ކުރަނެ ކަމެއްބާ.


ކައިދާ

over 1 year ago

ބަލަ ސާޖިދާ ބުނެފަ އެއޮތީ ބަންޑާރަ ބިމެއް ބޭރުމީހަކަށް ނުލިބޭނެތީ އޭނާ ދޫކޮށްލީކަމަށް އެހެންވެ މުއިއްޒަށް ލިބުނީކަމަށް ލިބޭނެ ނަމަ ދޫކޮށް ނުލާނެ ކަމަށް. ޜަގަޅަށް ކިޔާލާފަ ކޮމެންޓް ކުރަމާ


ހޮއެ ސިކުނޑި

over 1 year ago

ފަސްޓް ލޭޑީއަކަށް ވާން އުޅޭ މީހަކު އެހެން ގައުމެއްގެ ރައްޔިތުންނަކީ ވަކި ކަހަލަ ބަޔެކޭ ކިޔައިގެން ވާހަކަދެއްކީމަ ވަރަށް ދެރަ. ސާޖިދާ ޔޫކޭއަށް ގޮސް ކިޔެވީ ކޯއްޗެއްތަަ؟

ަިސހަ

over 1 year ago

ސާޖި ބުނީ ރަނގަޅު ވާހަކަ އެއް... ސާބަހޭ ސާޖި