Advertisement

އަދަދު އިންވެސްޓިގޭޝަން: ބިދޭސީ އަންހެނަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް ދައުލަތުގެ ނުފޫޒުން އޭނާ ޑިޕޯޓުކުރި ގޮތް

26 ސެޕްޓެންބަރު 2023 - 08:09 46


އަދަދު އިންވެސްޓިގޭޝަން: ބިދޭސީ އަންހެނަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް ދައުލަތުގެ ނުފޫޒުން އޭނާ ޑިޕޯޓުކުރި ގޮތް

26 ސެޕްޓެންބަރު 2023 - 08:09 46

Advertisement

އެއީ މީގެ އަށް އަހަރު ކުރީގެ ފެބްރުއަރީ މަހެވެ. އަވަށްޓެރި ސިލޯނަށް އުފަން، ޖީ ސްކީލާން ހުސެއިން ރާއްޖެއަށް އެނބުރި އައީ 12 އަހަރު ކައިވެނި ކޮށްގެން އެކުގައި އުޅުނު ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު ކުރިމަތިވި ހިތާމައިން އަރައިގަތުމަށް ރައްޓެހި ރަހުމަތްތެރިންނާއި ފިރިމީހާގެ އާއިލާގެ ފަރާތުން ހިތްވަރު ލިބޭނޭ ކަމުގެ އުއްމީދުގަ އެވެ.

ނަމަވެސް, ދިވެހިރާއްޖޭގެ މައި ދޮރާށިން ސްކީލާނަށް މަރުހަބާ ކީ ރާއްޖެއަށް ނުވަދެވޭނެ ކަމަށް ކަނޑައަޅައިފައިވާ ލިޔުންތަކާ އެކު އިމިގުރޭޝަނުގެ އޮފިސަރުންނެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބަކީ ކޮބައިތޯ ތަކުރާރުކޮށް ސްކީލާން ސުވާލު ކުރުމުން ވެސް އިމިގުރޭޝަނުން އޭނާއަކަށް ޖަވާބެއް ނުދިނެވެ.

Advertisement

މިއީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، މ. ދިމްޔާތު، ހުސެއިން އަބްދުއްރަހުމާން ނިޔާވިއިރު އަތްނބެއްގެ ގޮތުގައި ހުރި ސްކީލާންގެ ވާހަކަ އެވެ. ލޯބިވާ ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު އޭނާއާ މެދު ޝެއިޚްގެ ހުރި ހަމައެކަނި ދަރިފުޅު، ޑރ. މުހައްމަދު މުއިއްޒު ކަންކުރި އިހާނެތި ގޮތްކަމަށް ސްކީލާން ކުރާ ތުހުމަތުތަކުގެ ވާހަކަ އެވެ.

އެ ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ކުރި ތަހުގީގުން ފެންނާން ހުރި ލިޔުންތަކާއި ހެކީގެ ވާހަކަތެކެވެ.

ޕީއެންސީގެ މިހާރުގެ ކެންޑިޑޭޓު، ޑރ، މުހައްމަދު މުއިއްޒުގެ ބައްޕާފުޅާ އުމުރުން 65 އަހަރުގެ ސްކީލާން ކައިވެނި ކުރީ ޖޫން 15، 2003 ގަ އެވެ. ކައިވެންޏަށްފަހު ސްކީލާން އާއި ޝެއިޚް ހުސެއިން ދިރިއުޅެމުން ގެންދިޔައީ މ. ދިމްޔާތުގަ އެވެ. އެއީ އުފާވެރި ކައިވެންޏެކެވެ. ރާއްޖޭގައި ސްކީލާން ދިރިއުޅެމުން ދިޔައީ ވެސް އެހާމެ ހިތްހަމަޖެހިގެންނެވެ.

ސްކީލާން މިހާރު ދިރިއުޅެމުންދާ ގެ. އޭނާއަށް ރާއްޖެ ޒިޔާރަތްކުރެވޭނެ ގޮތެއް ނެތް --- ފޮޓޯ: އަދަދު


"އަހަރުމެން (މުއިއްޒު ބައްޕަ އަދި އަންހެނުން) އޭރު ދިރިއުޅުނީ ދިމްޔާތުގައި، ދިމްޔާތު ގެސްޓްހައުސް އެހެރީނު ހަމަ އެ ތަނުގައި އަހަރުމެން ދިރިއުޅުނީ، މުއިއްޒު ބައެއް ފަހަރު އުޅޭނެ އެ ގޭގަ، ދެން ބައްޕަ އެހެން ގެއަކަށް ބަދަލުވާން ބުނީމަ ދާނެ އެހެން ގެއަކަށް، އަހަރެންގެ ފިރިމީހާ އަހަންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެމުން ދިޔައީ، ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ" ސްކީލާން ކިޔައިދިނެވެ.

އޭނާ ބުނީ ލިބެމުންދިޔަ ހުރިހާ އުފަލަކާއެކު ވެސް ހަމައެކަނި ފުރިހަމަ ނުވެ އޮތް ކަމަކީ އެ ކައިވެންޏަށް 13 އަހަރުވީއިރު ވެސް އަމިއްލަ ބަނޑުން ދަރިއަކު އުފަންކުރުމުގެ ނަސީބު ނުލިބުން ކަމަށެވެ. ނަމަވެސް, އެއީ އޮތް ހިތާމައެއް ކަމުގައި އޭނާ ނުދެކެ އެވެ. އުފަން ދަރިއެއްގެ ގޮތުގައި ސްކީލާން ދުށީ ކުރީގެ ކައިވެނިން ޝެއިޚް ހުސެއިންއަށް ލިބިފައި ހުރި ދަރިފުޅު، މުއިއްޒު އެވެ. އެ ދަރިފުޅަކީ ސްކީލާންގެ އުފާވެރި ދިރިއުޅުމަށް ހިޔަނި އަޅާނޭ މީހާ ކަމެއް އޭރު ސްކީލާނަކަށް ނޭނގެ އެވެ.

ސްކީލާނުގެ އުފާވެރި އެ ދިރިއުޅުން އެފުށް މިފުށަށް ޖެހެން މެދުވެރި ކުރި ސަބަބު އުފަންވީ 2015 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޝެއިޚް ހުސެއިންގެ ދެމަފިރިން މައްކާއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. މައްކާގައި އުޅުއްވަނިކޮށް ޝެއިޚްއަށް ކުރިމަތިވި ކުއްލި އާލާސްކަންފުޅެއްގައި ޝެއިޚް ހެސެއިން މި ފަނާކުރަނިވި ދުނިޔެއާ ވަކިވުން އެއީ ބަރުދާސްތު ކުރަން ދަތި ބޮޑު ހިތާމައެއް ސްކީލާންއަށް ކުރިމަތިވި ކަމެކެވެ.

"ސެޕްޓެމްބަރު 29، 2015 ގައި ނިޔާވީ، އޭނާ ނިޔާވުމުމުން އަހަރެންގެ މުސްތަގުބަލާ މެދު ވިސްނާފައި މައްކާ ހޮސްޕިޓަލުގައި އަހަރެން ވަރަށް ގަދައަށް ރުއިން، ހިތާމަ ނުކުރުމަށް އެދި އަހަންނަށް ހިތްވަރުދިނީ ދޮންދަރިފުޅު މުއިއްޒުއާއި އޭނާގެ އަންހެނުން ސާޖިދާ، އެމީހުން ބުނީ މުސްތަގުބަލާ މެދު މާޔޫސް ނުވުމަށް، މުޅި އުމުރު ދުވަހު ވެސް އަހަރެން ބަލައިދޭނެ ކަމަށް،" ސްކީލާން ކިޔައިދިނެވެ.

ސްކީލާން އަޅުކަން އަދާކުރުމަށް ސައުދީގައި ---


ނަމަވެސްް, ފިރިމީހާގެ ކަށުކަމާކެމީގެ ކަންކަން ނިމުމަށްފަހު މާލެ އައުމާއެކު އެކަނިވެރިކަމުގެ އިހުސާސްތައް ސްކީލާން ވަށައިލި އެވެ. ޝެއިޚް ހުސެއިންއާ އެކު ސްކީލާން ދިރިއުޅެމުންދިޔަ ކޮޓަރީގެ ތެރެއަށް އައުން އެއީ ސްކީލާނުގެ ހިތުގައި އުފެދިފައި އޮތް ފާރުގަނޑުގެ ދިލަ އިތުރަށް ގަދަވީ ސަބަބެއް ކަމުގައިވި އެވެ.

އެ ހިތްދަތި ކަމުގައި ހިތާމައިގެ ދުވަސްތައް ގުނަމުން ދަނިކޮށް، އިއްދައިގެ 13 ވަނައަށްވީ ދުވަހު ޝެއިޚް ހުސެއިންގެ ތަރިކަ ބެހުމުގެ މައްސަލަ ނިންމުމަށް ކޯޓަށް ދިއުމަށް ސްކީލާން ގާތުގައި މުއިއްޒު އެދުނެވެ. އެހެނަސް އެ ހިތާމައިގައި ހުރެ އެކަން ކުރާން ދާނޭހައި ހިތްވަރު އެވަގުތު ނެތް ކަމަށް ސްކީލާން މުއިއްުޒު ގާތުގައި ބުންޏެވެ.

"އަހަރެން ބުނިން މުއިއްޒުއޭ އަހަރެން މީނީ އިއްދައިގައޭ، މިކަން ކުރާނީ ފަހުންނޭ، (މުއިއްޒު ބުނީ) ނޫނެކޭ ނޫނެކޭ ހިނގާށޭ، އޭރު އަހަރެން މައިގްރޭންވެސް ހުރި، (މުއިއްޒު ބުނީ) ހިނގާށޭ، ގަދަކަމުން އަހަރެން ކޯޓަށް ގެންދިޔައީ، ކޯޓުގައި މުއިއްޒުގެ ފަރާތުން ވަކާލާތު ކުރީ ގާނޫނީ ވަކީލެއް، އެކަމަކު އަހަރެންގެ ފަރާތުން ގާނޫނީ ވަކީލަކު ނެތް،" އޭރުގެ ހަނދާންތައް އައު ކުރަމުން ސްކީލާން ކިޔައިދިނެވެ.

އޭނާ ބުނީ މުޅި އުމުރު ދުވަހަށް ވެސް ސްކީލާން ބަލާނެ ކަމަށް ބުނި ބުނުން ކޯޓުގައި ވެސް މުއިއްޒު ތަކުރާރު ކުރި ކަމަށެވެ. މުއިއްޒުގެ މައްޗަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ދަރިކުލުނުގެ ސަބަބުން މުއިއްޒުގެ އެ ބަހަށް އިތުބާރުކޮށް ދިމްޔާތުން ލިބެން އޮތް ހަލާލު ބަޔާއި އެކު ހުރިހާ މުދަލެއްހެން ސްކީލާން ދޫކޮށްލި އެވެ.

"ކޯޓުން މުއިއްޒު ކައިރި އެހީ އަހަރެންގެ މާލީ ކަންކަން މައްސަލަތައް މެނޭޖްކުރާނީ ކިހިނެއްހޭ، ދެން މުއިއްޒު ބުނި ކޮންމެ މަހަކު ލާރި ފޮނުވާނަމޭ، ލިޔުމަކުން ނޫން، އަނގަބަހުން ކޯޓުގައި އެހެން ބުނީ މުއިއްޒު، އަހަރެން މުއިއްޒުއަށް އެ ހުރިހާ އެއްޗެއް ދިނީ ހަދިޔާއެއްގެ ގޮތުގައި، އަހަރެން ބުނީ ބޭންކް އޮފް ސިލޯންގައި ހުރި ލާރިކޮޅު އެކަންޏޭ އަހަރެން ބޭނުމީ،" ސްކީލާން ބުންޏެވެ.

ޝެއިޚް ހުސެއިން އަބްދުއްރަހުމާން ނިޔާވިއިރު، އޭނާގެ އަމިއްލަ ގެ، ދިމްޔާތުގައި ހިންގަމުންދިޔަ ގެސްޓުހައުސްއާއި ކާރެއްގެ އިތުރުން ބޭންކުތަކުގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. ހަލާލު ބައިގެ ގޮތުގައި ސްކީލާނަށް ލިބުނީ އޭގެތެރެއިން ހަމައެކަނި ސިލޯނު ބޭންކުގައި ހުރި ފައިސާ އެވެ.

އަދަދު ނޫހަށް ސްކީލާން އިންޓަވިއު ދެނީ


ނޮވެމްބަރު 29، 2015 ގައި ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާއެކު ސްކީލާނުގެ ހިތާމައިގެ މައްޗަށް އިތުރު ހިތާމަތަކެއް ކުރިމަތިވި އެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލި މުއިއްޒުގެ ފަރާތުން އޭގެ ކުރިން ނުފެންނަ ކުލަވަރުތަކެއް ސްކީލާނަށް އޭނާ ދައްކާން ފެށި އެވެ.

"އޭނަ (މުއިއްޒު) ބުނީ ދެން މިތާކު ނުހުރެވޭނެ އޭ، ރާއްޖެ ދޫކޮށް ލަންކާއަށް ދާށޭ، ކޯޓު ކޭސް ނިމުނީމަ އެއީ، ވަރަށް އަވަސް އަރުވާލައިގެން މައްސަލަ ނިންމާލީ،" ސްކީލާން ބުންޏެވެ.

ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާއެކު ރާއްޖެއިން ފުރައިގެން ދިޔުމަށް މުއިއްޒު އެންގި އެންގުމާއި ހަމަ އެދުވަސްވަރު ވައްތަލައިގައި ހުރި އޭނާގެ ގެއަށް ބަޔަކު ވަގަށް ވަދެ އެ ގެ ލޫޓުވައިލުމާ ގުޅިގެން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ސްކީލާން ސިލޯނަށް ދިޔަ އެވެ. ނަމަވެސް އޭނާ ސިލޯނަށް ދިޔައީ އެނބުރި ރާއްޖެއަށް ނާންނަ ގޮތަށް ދަތުރު ހަދައިގެންނެއް ނޫނެވެ.

"އަލުން ރާއްޖެއަށް ދާން މަސައްކަތް ކުރިން، އެއީ ފިރިމީހާގެ އާއިލާ މީހުންނާއި، މުއިއްޒުއާއި، ރަށްޓެހިންނާ ބައްދަލުކޮށްލަން، އަހަރެންނާ ދެބެންގެ ދެދަރި ކުއްޖަކާ އެއްކޮށް ދިޔައީ، ފެބްރުއަރީ ހިސާބުގައި،" ފިރިމީހާގެ ވަކިވުމަށްފަހު އެނބުރި ރާއްޖެއަށް އަންނަން ކުރި މަސައްކަތުގެ ވާހަކަ ސްކީލާން ކިޔައިދިނެވެ.

ނަމަވެސް, ރައްޓެހި ރަހުމަތްތެރިންނާއި ޝެއިޚް ހުސެއިންގެ އާއިލާ މީހުންނާ ބައްދަލު ކުރުމަށް ސްކީލާން ކުރި ދަތުރުގައި އެނާއަށް ރާއްޖެއިން މަރުހަބާ ކީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން ބާރުގަދަ އަތަކުން ނިންމާފައި އޮތް އަނިޔާވެރި ނިންމުމެކެވެ. އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކޮށް އޭނާއަށް ރާއްޖެ އެތެރެވުން މަނާކޮށް ވިސާ އޮތީ ކެންސަލް ކޮށްފަ އެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބު ބަޔާން ކޮށްދިނުމަށް ތަކުރާރުކޮށް ސްކީލާން އެދެމުން ދިޔުމުން ވެސް އިމިގުރޭޝަނުގެ އޮފިސަރުން އޭނާއަށް އިތުރު މައުލޫމާތެއް ނުދިނެވެ.

"އޭރު ބެލިއިރު ވިސާ ބްލޮކް ކޮށްފަ (ބްލެކްލިސްޓު ޑީޕޯޓް ކޮށްފަ) ހުރީ، އޭނަ (މުއިއްޒު) ބްލޮކް ކުރީ، ދިޔައިރު ނޭނގެ ޑީޕޯޓު ކޮށްފަ ކަމެއް، މާލޭ ގޮސް އެއާޕޯޓުގައި ތިބެފަ ފޮނުވާލީ، ޕާސްޕޯޓު ދެއްކީމަ އެމީހުން ބުނީ ބްލޮކް ކޮށްފައޭ، އެއްވެސް ސަބަބެއް ނުބުނޭ، އަހަރެން ބުނީ ސަބަބު ބަޔާންކުރާ ބަޔާނެއް ބޭނުމޭ، އެމީހުން ނުދޭ އެވެސް،" ސްކީލާން ކިޔައިދިނެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގި ހާމަވީ އޭނާ ޑީޕޯޓު ކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ނުވަތަ ވަގުފާރީގެ މުޑުދާރު ތުހުމަތު ބޮލުގައި އެޅުވުމަށްފަހު އެވެ. އިމިގުރޭޝަނުގެ ސިސްޓަމުގައި ފެންނާން ހުރި މައުލޫމާތަށް ބަލާއިރު އޭގައި ހަމައެކަނި ކުރިއޭޓު ކޮށްފައި އޮތީ އިމިގުރޭޝަނުގެ ލީގަލް ޑިޕާޓުމެންޓުން ފޮނުވި މެމޯ ނަންބަރެކެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމެޓީ ބައްދަލުވުމެއް ބޭއްވިކަން ދެއްކުމަށް ކޮމެޓީ ނަންބަރެއް ވެސް އޭގައި ހިމަނާފައިވެ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ހިނގި އެއްވެސް ކަމެއް އެނގޭނެ ފަދަ ލިޔެކިޔުމެއް ފައިލް ކުރެވިފައި ވެސް އަދި ސިސްޓަމުގައި ވެސް ނެތް ކަން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު އަހުމަދު (ހަނަފީ) ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ސްކީލާންގެ ފޮޓޯ އަލްބަމުގައި ހުރި ބައެއް ފޮޓޯތައް.


"ޑީޕޯޓު ކޮށްފައި އިނީ އޭނާ މާލެ އައުމުގެ ދެދުވަސް ކުރިން، އެހެންވީމާ ބަލަމާ ހިނގާ އޭނާ އައުމުގެ ދެދުވަސް ކުރިން ވަރަށް އަވަސް އަރުވާލާފައި ކޮށްފައި އޮތް ކަމެއް ކަމަށް ބެލެވެނީ، އޭގެ އެއްވެސް ލިޔެކިޔުމެއް ސިސްޓަމުން ފެންނާކަށް ނެތް،" ހަނަފީ ކަށަވަރުކޮށްދެއްވި އެވެ.

އަދި އެވަރުގެ ބޮޑު ތުހުމަތެއް ސްކީލާންގެ މައްޗަށް އޭރުގެ ސަރުކާރުން ކުރިއިރު، ފުލުހުންގެ އިދާރާއިން ވެސް އެފަދަ މައްސަލައަކާ ގުޅިގެން އެއްވެސް ތަހުގީގެއް ކޮށްފައި ނުވާކަން އެ އިދާރާއިން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ވާނުވާއެއް ނޭނގި އެއާޕޯޓުގައި އެތައް އިރެއް ވީއިރު ވެސް ސްކީލާނަށް ޖަވާބު ނުލިބުނު ސުވާލުތަކަށް މަޑުމަޑުން އެއާޕޯޓުގެ މުވައްޒަފުންގެ އަމަލުތަކުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބެން ފެށި އެވެ. ސްކީލާން ބުނި ގޮތުގައި އޭނާއަށް ރާއްޖެ އެތެރެ ނުވެވޭ ސަބަބު ބަޔާންކޮށްދިނުމަށް އެދި އެކި ފަހަރު މަތިން އިމިގުރޭޝަނުގައި އެދެމުން ދިޔުމުން އެތަނުގައި ތިބި މުވައްޒަފުން ސަރުކާރުގެ ތެރޭގައި ނުފޫޒުގަދަ ބާރުގަދަ މީހަކަށް ފޯނުން ގުޅަމުންދިޔަ އެވެ. އެއީ ކާކު ކަމެއް ސްކީލާން އަކަށް ނޭނގެ އެވެ.

"އަހަރެންނަށް ވިސްނެނީ މުއިއްޒު އޭ އެކަން ކުރީ، އެމީހުން (އިމިގްރޭޝަނުން) ގުޅީ މުއިއްޒު އަށް، އަހަރެންނަށް އަޑުއިވުނު އެމީހުން މުއިއްޒުއަށް ގުޅިއިރު، އޭނާގެ ފަރާތުން ކަމަށް އަހަރެންނަށް ޝައްކުކުރެވެނީ މިކަން ހިނގީ، އެއާޕޯޓު މީހުން އެކި ފަހަރުމަތިން މީހަކަށް ގުޅި، ޖަވާބަކަށް އައީ އަހަރެން ވަނީ ބޮލްކް ކޮށްފައި އޭ،" ސްކީލާން ކިޔައިދިނެވެ.

ފިރިމީހާގެ ހުރިހާ ހަނދާންތަކާ ގުޅިފައި އޮތް ފަސްގަނޑު ދޫކޮށް ސްކީލާން އެނބުރި ގައުމަށް ދާން ދިޔައީ އޭނާއަށް ހޯދައިދީފައި ހުރި ހިފާގެންގުޅޭ ސާމާނުތައް ވެސް ބަހައްޓައިފަ އެވެ. އެނބުރި ގައުމަށް ދާން ފުލައިޓަށް އެރި ހިސާބުން ޝެއިޚް ހުސެއިންއާ އެކު އޭނާގެ ހޭދަކުރި ހަޔާތުގެ ހަނދާންތައް ވެސް އޭނާއާ ވަކިވީ އެވެ.

ސްކީލާން ބުނީ އެނބުރި ގައުމަށް ދިއުމަށްފަހު މުޅި އުމުރު ދުވަހު ބަލާނެ ކަމަށް ވައުދުވި، ދޮންދަރިފުޅު މުއިއްޒުގެ ފަރާތުން އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. ކުޑަމިނުން މުވާސަލާތީ ގޮތުން ގުޅޭނެ ހުރިހާ ގޮތެއް ވެސް މުއިއްޒު ބަންދު ކުރި ކަމަށް ސްކީލާން ބުންޏެވެ.

"މިކޮޅަށް އައިފަހުން އެއްވެސް ވަރަކަށް މުއިއްޒުއާ ވާހަކައެއް ނުދެކެވޭ، ބައިވަރު ސިޓީ އަހަރެން ފޮނުވިން، ދެން އޭނައަށް ވަޓްސްއެޕުން މެސެޖު ކުރީމަ އަހަރެން ބްލޮކް ކުރީ، ދެން އަހަރެން ވައިބާ އިން ކުރީމަ އެވެސް ބްލޮކް ކުރީ، ހީވަނީ މެއިލްވެސް ބްލޮކް ކޮށްފަހެން، ރައީސް ކަމަށް ކުރިމަތިލީމަ ވެސް އަހަރެން މެއިލް ކުރިން، އެކަމަކު ޖަވާބެއް ނުދޭ،" އަސަރާއެކު ސްކީލާން ކިޔައިދިނެވެ.

އެއްވެސް ހެއްކެއް ނެތި ނިގުޅައިގަތް އެނާގެ ހައްގު ހޯދުމަށްޓަކައި ޓަކި ޖެހެން ހުރި ހުރިހާ ދޮރެއްގައި ސްކީލާން ޓަކި ޖެއްސެވެ. ނަމަވެސް އޭނާއަށް ސަރުކާރުގެ އިދާރާއަކުން ވެސް ކަމާބެހޭ ވުޒާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް ޖަވާބެއް އަރުވައިފައެއް ނުވެ އެވެ.

"ބައިވަރު ސިޓީ ފޮނުވިން، ކޮޕީވެސް އެބަހުރި، ކުރީގެ ރައީސް ގައްޔޫމަށް، ޔާމީނަށް، (ފޮރިން މިނިސްޓަރު) ދުންޔާ މައުމޫނަށްވެސް ސިޓީ ފޮނުވިން، މުއިއްޒުގެ ޖަވާބެއް ނުލިބޭ، ސިޓީގައި އަހަރެން ލިޔުނީ ފިރިމީހާ މަރުވީމާ މުއިއްޒު އަހަރެން ޑީޕޯޓް ކޮށްލީއޭ،" އިންސާފަށްޓަކައި ކުރި މަސައްކަތް ސްކީލާން ކިޔައިދިނެވެ.

ކުށެއް ނެތި ބޮޑު އަދަބެއް ތަހަންމަލު ކުރާން ޖެހުނު ސްކީލާން މިހާރު އުޅެނީ އޭނާގެ އާއިލީ މީހުންގެ ފަރާތުން ލިބޭ ކުދިކުދި އެހީއަށް ބަރޯސާވެގެންނެވެ. އުފަން ދަރިއަކު ނެތް އެ އަންހެން މީހާ، އެހީއަށް އެންމެ ބޭނުންވި ދުވަހު އަޅައިލާނެ މީހަކު މިއަދު އޭނާގެ ގާތުގައެއް ނެތެވެ. އެއް އިރެއްގައި އުފާވެރިކަމާއެކު މުޅި ދުނިޔޭގައި އުދުހެމުންދިޔަ ސްކީލާންގެ މުޅި ދިރިއުޅުން ހިތްދަތިކަމާއި މޮޅިވެރިކަމަށް ބަދަލުކޮށްލީ އެންމެ ކައިރީގައި ތިބޭނެ ކަމަށް އޭނާ އުއްމީދު ކުރި މީހުންގެ އަތުންނެވެ.

9.88%

61.73%

17.28%

11.11%

މި ލިޔުން ކިޔާލުމުން


ގޮހޮރު ރާޖާ

over 1 year ago

ކޮބާ ކަލޯ ދޮންމަންމަ ފިލުމުގެ އަނެއް އެޕިސޯޑު. މިވެސް ހާދަ ފައްކަލޭ. އެކަމަކު މީތި އެޅުވިލެއް މާލަސްވީ އެހެން ނޫންނަމަ ހައުސް ފުލްވީސް. މިވަރަށް ކަށިން މާމުއި އަންނަންދެން ފެލީމަވެސް ކާމިޔާބެއް ނުވިދޯ. ގެރި ގުއިގަ ފަތާދެން. ގެރި ހީސް ބުއީމަ ހޭވެރިކަން އަންނާނީ. ސުކުރިއްޔާ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު.

ޜރރރރ

over 1 year ago

ކޮންމެ ގޮތެއްވިއަސް މައިން ބެލުމަކީ ދަރިންގެ މައްޗައް ވާޖިބެއް.ރަނގަޅު ހެޔޮލަފާ ދަަރިއެއްނަމަ ދޮން މަންމަ ކަމުގައި ވިޔަސް ބަލާނެ.

ރާއްޖޭގެބާޒު

over 1 year ago

އަދަދު ނޫހުން ހޯދާފައިވާ މިހޯދުންތައް މިސަރުކާރުން ތަހްގީގުކޮށް ބަލަންޖެހޭނެއެވެ. މހޯދުންތަކުގެ މަތިން އޭރުގެ ކޮންޓްރޯލާއައި ސުވާލުކޮށް ޑޮކްޓަރ މުއިޒްގެ ދޮންމަންމަ މާލެއައުމަށް ފުރުމުގެ ދެދުވަސް ކުރިން އިމިގްރޭޝަނުން އެ އެޅިފިޔަވަޅު އެޅުނުގޮތެއް ބަލާއި ތަހްގީގު ކުރަން ޖެހޭނެއެވެ. މިކަން ފުލުސް އޮފީހަށް ތަހްގީގުކޮށް ދިނުމަށް އެދި މިހާރުންމިހާރަށް، މިހާރުގެ ކޮންޓްރޯލަރ ހުށަހަލުއްވަން ޖެހެއެވެ. ވެރިކަމަށް އަންނަ މީހަކީ ސާފުމީހަކަށް ވާންޖެހޭނެ!!

ލަންކާ

over 1 year ago

މިއީ މުއިއްޒުގެ އަތެއް އޮތް ކަމެއް ނޫން. މައްސަލައެއް ނެތް. ދެން ކީއްވެތަ ހުރިހާ ވަސީލަތެއް ބްލޮކްކުރަންވީ

ޝަކީލާ

over 1 year ago

މި ކަމަށް އާޒިމާ ފާޑުކިޔުމުން ހައިރާންވޭ. އަންހެނަކަށް މިފަދަ އިހާނެތިކޮށް ހިތީމަ ވެސް އާޒިމާ އަށް ވެސް އޯކޭ

އަކްރަމް

over 1 year ago

އުފެދޭ ސުވާލަކީ. ކާކުތޯ އެ ދައިތަ ބްލެކްލިސްޓްކުރީ. މުއިއްޒު މި ސުވާލަށް ޖަވާބު ދެއްވަނިކޮށް އަލުގަނޑުގެ ވޯޓު ލިބޭނެ

އަހުމަދު

over 1 year ago

ސުބްހާނަﷲ. އަހަރެން ދެކެމުން ދިޔަ ގޮތް ބަދަލުވެއްޖެ.

ައަސްވާނު

over 1 year ago

8 އަހަރު ކުރިން ހިގާފަ އޮތްކަމެއް ހާދަ ކުއްލިއަކަށް ވޯޓްގެ ދެވަނަ ބުރުން ކާމިޔާބު ނުވެދާނެކަމަށް ހީކޮށް، ވޯޓް ކާމިޔާބު ކޮއްފާނެހެން ހީވާ ބޭފުޅާގެ އަގު ވެއްޓޭތޯ އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ކުރާމަސައްކަން ވަރަށްސާފު

އަލީ އަލީ 22

over 1 year ago

ކަލޯ ނޭވާ ހޮޅިއަށް އެޅުނީމެ ދެން ނޭނގޭނެ ކޮއްފަ ނުކުރާނެ ކަމެއް! ނިމެނީ! މިކަން ނިމެނީ! 3 ދުވަސް!

ރާއްޖޭގެބާޒު

over 1 year ago

ދޮންމަންމައަށް އަޅާނުލި މީހަކު ރައްޔިތުންނަށް އަޅައެއް ނުލާނެކަން ޔަގީނެވެ!!

ޢައިޝް

over 1 year ago

އަތަށް ގޮވީމަވެސް އަދަދުނޫހުން އެހެންކަމަކާ އުޅެބަލަ...އ.އާޒިމާ ގެޓްވީޓް ފެނުނުތޯ؟ ކިތަންމެ ބައިވަރު ފިލްމް ނެރުނަސް މޑޕ އަށް ވޯޓް ނުދޭނަން!!

ހަންޒާ

over 1 year ago

ހައްޖުކޮށް ﷲ އެންގެވި ގޮތަށް އުޅެވޭތޯ ބަލާ މީހަކު ތިޔަވަރުގެ ވާހަކައެއް ދޮގުހަދައިގެން ފައްކާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ- މުއީޒުގެ މިނިސްޓަރުކަމުގަ އާއްމުންނަށާއި ސަރުކާރަށް ވަރަށް ފޯލް ދީފަ ހުރި ކަމުގެ ތުހުމަތު އެބަކުރޭ- އަޑެއް ކޮއްޔަ ރެނދެއް ލާނެ

ޔާމީން ސާ ގެންނާނެ ބާ

over 1 year ago

މިހާ ނުލަފާ މީހެއް އަހަރުމެންގެ ސާ ގެއަށް ބަދަލުކުރާނެ ކަމަކަަށް ގަބޫލޭއް ނުކުރެވޭ. މަގޭ ވޯޓް މުއިޒްއަށް ހަރާމް

މުއިއްޒު އައްޕަ

over 1 year ago

ވީ ދެރައިން ފިޔާޒު އޭނަޔާ އިންނަން ފެނޭ...

މުއިއްޒު

over 1 year ago

އިބޫ ގެ 5 އަހަރު ނިމުނުއިރު މި މައްސަލަ ބަލާ އިންސާފު ހޯދާ ނުދެވުނު. އެހެންވީމާ މަގޭ ވޯޓު މުއިއްޒު އަށް

ބޮޑުތަކުރުފާނު

over 1 year ago

އިބޫ އަށް ވޯޓެއް ލިބެން އޮތީ ޑރ.މުއިއްޒުގެ ސިލޯނު ދޮންމަންމަ ކައިރިއަށް ލަންކާއަށް ގޮސް، އަގުދީގެން އިންޓަރވިއު ނަގާ އޭތި ދިވެހިންނަށް ވިއްކައިގެންދޯ؟ ކަލޯމެންގެ ލަދުހަޔާތްކޮބައި؟ ތިއޮތީ ވެރިކަން ދެން ލިބިފައި. 1 އޮކްޓޮބަރ އަށް މިރާއްޖެ ނޭވާލާނީ ޑރ. މުއިއްޒު އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތްކޮށްފައި.

ޒިފްނަސް

over 1 year ago

ކޮމެންޓް ހަޖަމް ނުވޭ މިހާރު.. ހަހަހަ

ސކެުެުެ

over 1 year ago

ކޮބާ މަ ގާތަށް އާދޭ މަ އޮންނާނެ ގުރޭޑު 3 ގަ މުއިއްޒުއަށް ހޯމް ވޯރކު ހަދާދީފަ..ހެހެހެހެހެހެހ ގޮތް ހުސްވެގެން ލިޔާނެ އެއްޗެއް ނެތިގެން އުޅޭހެން ހީވާތީ ބުނެލީ..

ސިންގަމް ޖައިހިންދު

over 1 year ago

މުއިއްޒުއަށް ވޯޓުދޭން އަހަރެން ނިންމައިފިން. މިމީހުން މިވަރަށް މުއިއްޒުގެ ޒާތީ ކަންކަމުގެ ތެރެއަށް ކެމްޕޭނެއްގަ ވަންނާނީ އިތުރު ގޮތެއް ނެތި ބަލިވެއްޖެކަން ވ ބޮޑަށް އިހްސާސްވެގެން.

އަލީ އަލީ 22

over 1 year ago

ދޮންކަލޯ މިއުޅެނީ އިބްރާހިމު ނޫން ގޮތެއް ހޯދަން!

ހޯދި

over 1 year ago

ހެޔޮ ނުވާނެ ތިވަރުން ވޯޓް ހޯދަން އުޅެން. އަދަދު ނޫހަށް ލާރި ހެޓަކަށް

ހެހޭ

over 1 year ago

ދޮގު ފިތުނަ ވާހަކަ

ސަލާ

over 1 year ago

ހާދަވަރަކަށް އަދަދު ނޫހަށް ފައިސާ ލިބޭކަމެކޭ ތިކުރަނީ. އޭނާގެ ހައްގު ހޯދަން މި 5 އަހަރު ކުރިކަންތައް ނުލިޔުނީ ސޯޓްބޭލިދާނެތީތަ؟ ކޮބާ ދުނިޔޭގެ ރައީސް އެއްކަމެއްވެސް ނުކުރެވުނުދޯ!

ބުރީޗް

over 1 year ago

މީހެޔޮ ނިޔަތަކު ލިއުނު ރިޕޯރޓެއްނަމަ މި އޯގާތެރި ސަރުކާރުގެ އަތެއް ނުފޯރުވީ ކީއްވެތަ. މީހަކު ބޭޒާރުކޮށް ފާޟީޙަތް ކުރުންނަމަ އެކަން މިލިއުނުމީހަކަށް ޙާޞިލުވެއްޖެ. ފިތުނަ އުފައްދާމީހުންނަށްްވެސް އިންސާފު އަރާ ހަމަކުރާދުވަސް ފެންނާނނެ.

ީހޯހޯ

over 1 year ago

ހުސް ދޮގު އަދަދު ވަރައް މޮޅު ކަމެއް ތިކުރީ އިރާދަކުރެއްވިއްޔާ މިފަހަރު ހަމަ މުއީޒު ހޮވޭނެ އިންސާﷲ


ޙެހެ

over 1 year ago

ކޮން އިރަކު އަޅުވާ ފިލްމެއްތަ މީ

ޖީލާން

over 1 year ago

މީވޯޓަށް އަޅުވާ އަޅުވާ ފިލްމެއް ފިލްމްގެ ނަމަކީ ވޯޓްފޯއިބޫ


ޢައިޝް

over 1 year ago

ތިއީ މަ ބަލަންޖެހޭ ކަމެއް ނޫން...މަގޭ ވޯޓު މުއިއްޒު ނޫން މީހަކަށް ނުދޭނަން....

މުހައްމަދު

over 1 year ago

މީހުން ދިނީމަ ކައިގެން ބޮއެެގެން އުޅޭ މީހެއްގެ ގޭގެ އެތެރެއާއި ބޭރު ހާދަ ރީއްޗެވެ. ލަންކާގައި އުޅޭ ނިކަމެތިންވެސް ހާދަ ފުރިހަމަ ގޭގޭގައޭ ދޯ މިއުޅެނީ. އުއްމީދުކުރަން މި ކޮމެންޓް ފެންނާނެ ކަމަށް

މަހާތު ހަސަން

over 1 year ago

ތީހަމަ ބޮޑު ރޭވުން ގަނޑެއް. އެންޓި ކެމްޕޭނު ޖައްސަނީ. ތިކަމަކުން މުޢިއްޒަށް ރައްޔިތުންގެ ހިތުގަ އޮތް ލޯބި ނުގެއްލޭނެ. ސޮރީ

އަލީ

over 1 year ago

މިހާރު މިނޫހުން ވަކިމީހަކަށް ޓާގެޓްކޮއްގެން ޒާތީގޮތުން އާރޓިކަލްތައްލިޔަމުންގެންދާތަން މިފެންނަނީ ، މިހާރު ވރިކަމުގައި މިތިބި މީހުންގެ މާޒީއަކީވެސް މާތާހިރު މާޒީއެއްނޫން .

ޝީލާ ނަޖީބު

over 1 year ago

ފަރުޟު 5 ނަމާދަށް ރައްކާތެރިވާ، ބަރާބަރަށް އަޅުކަން ކޮށްއުޅޭ ޞާލިހު މީހެއްގެ ފަރާތުން ތިކިޔާ ފާޑުގެ ކަންކަން ވުމަކީ ވަރަށް ދުރުކަމެއް. ގަބޫލެއް ނުކުރެވޭ. އަބުރު ކަތިލުން ތީ. ރާވައިގެން ލިޔެފަ އޮތް ބޮޑު ސްޓޯރީއެއް.

ހަޤީ

over 1 year ago

ތިޔައީ ތިޔަބުނާ ކަހަލަ ޥ+ޞާލިޙު މީހެއްނޫން. ރަހުމް ނުހުންނަ މީހެއް. އަމިއްލަ ތަޖުރިބާ މިއީ


އަހުމަދު

over 1 year ago

މުއިއްޒު ދޮންމަންމައަށް ކޮންމެގޮތަކަށް ކަންތައް ކުރެއްވިއަސް މިހާރު މިތިބަ ހާއިނުންހެން އިންޑިއާއަށް ޤައުމު ނުވިއްކާނެކަމުގެ ޔަގީންކަން އެބައޮތް.

ބޭކާރު ޑްރާމާ

over 1 year ago

މީހުންގެ އަބުރު ކަތިލާ ތިކުރާ ނުލަފާ މަސައްކަތް ކާމިޔާބެއް ނުވާނެ އިނ ޝާ ﷲ. ތީ ހުސްދޮގު

ކަންނަންނޫރު

over 1 year ago

ކަލޯ ތިއެއް ނުހިގާނެ! 3 މިލިޔަން ރުފިޔާ އެ ލޭޑީއަށް ދީގެން އާއިލީ މައްސަލަތަކުގެ ތެރެއަށް ނޫހަކުން! ނޫހެއްވެސް ނޫން! ފޮޅިއަކުން ވަންނާނީ ވަރަށް ގޮތް ހުސްވީމަ. 3 މިލިޔަން ރުފިޔާ ކަލޯމެން ހޯދީ ކޮންތާކުން؟ ކަލޯމެނަށް ލަންކާއަށް ދާން ޓިކެޓް ދިނީ ކާކު؟ މިވަރުގެ އަދަދެއް ނުދޭނެ އިންޑިއާއިން ނޫނީ. އެއީ މި ކަމުގަ މުއިއްޒާ ދެކޮޅު މަސްލަހަތެއް އޮތް ޙަމައެކަނި ފަރާތަކީ ދެން ހުރި 80000 ލިބުނު އިންޑިއާ. އެކަމަކު 1 އޮކްޓޯބަރ ގައި އިންޑިއާގެ އަޅުވެތިކަން ނިމޭނެ

ޥޯޓާހެދި

over 1 year ago

ތީ ދޮންމަންމަ އެއްގެ ވާހަކަ . ކާކުތަ ތީ ތެދުކަމަށް ގަބޫލު ކުރާނީ

ގިމްހާނީ

over 1 year ago

ސުބުހާނަ الله. މިވަރުގެ އަނިޔާވެރިއަކަށް ގައުމު ހަވާލުކުރަން ހެޔޮ ނުވާނެ. އަހަރެން އަޑުއެހިން ޔާމީނުގެ ވެރިކަމުގައި މުއިއްޒުގެ މެއިޑެއްވެސް ދަން ޖެހިގެން މަރުވި ވާހަކަ. އެކަމުގެ އެއްވެސް ވާހަކައެއްވެސް މިހާރަކު ދައްކާ ވާހަކައެއް ނީވޭ؟ އެއީ ކީއްވެގެންތޯ؟ މީހަކު ދަންޖެހުމަކީ ކުޑަ ކަމެއް ނޫންކަން މޭރީ ގްރޭސްގެ ކޭސްއިންވެސް ސާފުވޭ

ގިމްހާނޫ

over 1 year ago

ދަންޖެހިގެން މަރުވީ ހަމައެކަނި މެއިޑްތަ؟ މިރާއްޖޭގަ ކިތައްމީހުން ދަންޖެހިގެން މަރުވޭ؟ އެމީހުންގެ ވާހަކަ އިރުއިރުކޮޅާ ދައްކާ އަޑުއަހަންތަ؟


ީހޯހޯ

over 1 year ago

ޢެކަން ކުރީކަލޭ އޭބުނީމަ ގަބޫލުކުރަންތަ؟


ކަތްދަ

over 1 year ago

ތިބުނާ ގޮތުން މާލޭގަ މީހަކު ދަން ޖެހުނިއްޔާ އެކަމުގެ ޒިންމާ ގައުމުގެ ވެރިޔާވެސް އުފުލަން ޖެހޭނެތާ. ޢަދި ދަރިއަކު ދަން ޖެހިއްޖެ ނަމަ މައިން ބަފައިން ވެސް . ބޯގޯސް ވާހަކަ


އަދުލު އިންސާފު

over 1 year ago

މިލިޔުމުގައި މިވަނީ ތެދުކަމެއް ނޫނީ ދޮގުކަމާއި މެދު އެއްޗެއްބުނާކަށް ނެތީމެވެ. ﷲގެ ދަރުބާރުގައި މިމައްސަލަ ބެލޭނެކަމަށް އުންމީދު ކުރަމެވެ. އެންމެ ފުރިހަމަ އަދުލު އިންސާފުން މައްސަލަ ނިމޭނެއެވެ. އެންމެންގެ ހައްޤުތައް ކަށަވަރުވެ، އަނިޔާއަށް އިންސާފުލިބި، އަނިޔާވެރިވީ ބަޔަކަށް ހައްޤު ސަޒާ ލިބިގެންނެވެ. ﷲއި ވަކީލެވެ.

ބޯގަޅި

over 1 year ago

ތިޔަކުރާ މަސައްކަތަށް ކިހާވރެއް ދޭބާ؟

ޢަހު

over 1 year ago

އަދަދު ނޫހަކީ މިގަުމާއި ރައްޔިތުންގެ ތެރޭ ފިތުނަ ފަސާދަ އުފައްދަން އުޅޭ ނޫހެއްކަމަށް ގަބޫލު ކުރެވެނީ މީހުންގެ އަބުރު ކަތިލަމުން ތިދުވަނީ އިންތިޚާބުގެ ދެވަނަ ބުރުގަ ކިޔާނެ އެއްޗެއް ދައްކާނެ ވާހަކައެއް ނެތީތޯ ؟ޑރ މުޢިއްޒުގެ ވާހަކަ ދައްކަން ލަންކާއަށް ގޮސް މުޢިއްޒުގެ ދޮންމަންމައަށް މަޖުބޫރުކޮއް

ހާއުފާ

over 1 year ago

ތިޔަ ތުހުމަތަކީ މުޢީޒު އަށް ވޯޓްދޭންތިބި ބައެއްގެ ހިތުގައި ނަފުރަތު އުފެއްދުމަށް ހިންގާ ޖަރީމާއެއް ކަމުގައި ދެކެން. "ޢަދަދު" އަށް ތިޔަކަން ޙާޞިލުވުމަކީ މުސްތަޙީލު ކަމެއް. ދެން ތިޔަފަދަ އެއްޗެހި ނުލިޔާނެކަމަށް އުންމީދު ކުރަން.

ސަލާ

over 1 year ago

ދޮގެއް ނޫން. އަދަދު މީ އިބޫގެ އެޖެންޓެއް