Advertisement

މަންޗިނީއާ ދެކޮޅަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވާކުރަނީ

29 ސެޕްޓެންބަރު 2023 - 10:38 0


މަންޗިނީއާ ދެކޮޅަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވާކުރަނީ

29 ސެޕްޓެންބަރު 2023 - 10:38 0

ރޯމް (ސެޕްޓެމްބަރު 29) - އިޓަލީގެ ގައުމީ ޓީމްގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީއާ ދެކޮޅަށް ގަނޫނީ ފިޔަވަޅު އަޅަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

އިޓަލީގެ ކޯޗަށް ހުރުމަށްފަހު މަންޗިނީ މަގާމުން ވަކިވީ ކުއްލިގޮތަކަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ އިޓަލީގެ ކޯޗުކަމުން ވަކިވިތާ މާ ގިނަ ދުވަހެއް ނުވަނީސް ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

އިޓަލީގެ ގައުމީ ޓީމާއިއެކު 2020ގެ ޔޫރޯ އުފުލާލި ކޯޗާ ގުޅޭގޮތުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވީ، މަންޗިނީ އަށް އަބަދުވެސް އިހުތިރާމާއި ލޯބި އޮންނާނެ ކަމަށާއި، އޭނާ އަށް އިޓަލީގެ ފެޑެރޭޝަނުން އަލްވަދާއުކިޔާފައިވާނީ ވެސް ވަރަށް ފުރިހަމަ އަށް ކަމަށެވެ.

ނަމަވެސް ކުއްލި ގޮތަކަށް މަންޗިނީ އިޓަލީގެ ގައުމީ ޓީމު ދޫކޮށްލީ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށާއި، މިކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެ ފެޑެރޭޝަންގެ ގާނޫނީ ވަކީލުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ގްރަވީނާ ވިދާޅުވި އެވެ.

އިޓަލީގެ ކޯޗުގެ ގޮތުގައި ޔޫރޯ ކާމިޔާބުކުރި ނަމަވެސް 2022ގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިއެއް ނުވި އެވެ. ނަމަވެސް އިޓަލީގެ ފެޑެރޭޝަނުން ތިބީ މަންޗިނީއާ އެކު ކުރިއަށްދާށެވެ.

އިޓަލީގެ ގައުމީ ޓީމްކަން މަންޗިނީ ދޫކޮށްލުމުން އެ މަގާމު ހަވާލުކުރީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ލޫސިއާނޯ ސްޕަލެއްޓީ އެވެ. ސްޕަލެއްޓީގެ ކޯޗުކަމުގެ ދަށުން އިޓަލީއަށް ކުރިއަށް އޮތީ 2024ގެ ޔޫރޯ ކޮލިފައިންގައި އަންނަ މަހު މަލްޓާއާ ދެކޮޅަށް ކުޅޭ މެޗާއި، އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ.