28 ސެޕްޓެންބަރު 2023 - 20:28 1
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީމީހެއްގެ އިނގިލީގައި އިންތިހާބީ އޮފިޝަލަކު ފާހަގަޖަހަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
28 ސެޕްޓެންބަރު 2023 - 20:28 1
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާމީހުން، ވޯޓުލީކަން ފާހަގަކުރުމުގެ ގޮތުން ލާ ފާހަގަ ވައަތުގެ މެދުއިނގިލީގައި ޖަހަން ނިންމުމަށް ފަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އީސީން މީގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އާއްމުކުރި މައުލޫމާތުގައިވާ ގޮތުން، ދެވަނަ ބުރުގައި ވޯޓުލީކަމުގެ ފާހަގަ ޖަހާނީ ވައަތުގެ ކަށިއިނގިލީގަ އެވެ. އެގޮތަށް ބަދަލުކުރީ ސީދާ ކީއްވެކަން އެކޮމިޝަނަކުން ނުބުނެ އެވެ.
އެހެން ނަމަވެސް ވައަތުގެ މެދުއިނގިލީގައި ފާހަގަ ޖަހާ ގޮތަށް ނިންމުމުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ އެއީ ނަންވާބަލް ކޮމިއުނިކޭޝަނަށް ނުވިސްނައި އީސީން ނިންމި ނިންމުމެއް ކަމަށާއި އިޖުތިމާއީ ފޭރާން ކިލަނބުވެދާނެ ކަަމަށެވެ.
ވޯޓުލާންދާ މީހުންގެ އަތުގެ އިނގިލީގެ ނިޔަފައްޗާއެކު ޖަހާ މި ފާހަގަ އަކީ އެމީހާ ވޯޓުލާފައިވާކަން ޔަގީންކުރުމަށް ޖަހާ ފާހަނގަ އެކެވެ. މާކަރުން ޖަހާ މި ފާހަގަ އަކީ ގިނަ ދުވަސްތަކަށް ނުފިލާ ހުންނަ ފާހަގައަކަށްވާތީ ކައިރި ކައިރީގައި އިންތިހާބުތައް ބާއްވާއިރު ކޮންމެ އިންތިހާބަކަށް ފާހަގަ ޖަހާ އިނގިލި ބަދަލުކުރެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މި ފާހަގަ ޖަހާފައިވަނީ ވޯޓު ލި މީހުންގެ ވައަތު ޝަހާދަތް އިނގިލީގަ އެވެ.
Comment