28 ސެޕްޓެންބަރު 2023 - 16:05 0
މުހައްމަދު ޖަމްޝަތު ވަހީދު
28 ސެޕްޓެންބަރު 2023 - 16:05 0
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް އިތުރުކުރި ވޯޓު ފޮށިތަކާއެކު މާލޭގައި މިފަހަރު 187 ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓަރީ ކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އެ ކޮމިޝަނުން ވަނީ އިތުރު 12 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ މާލޭގައި މިފަހަރު 187 ފޮށި ބަހައްޓާނެ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި މި ފަހަރު ނުވަ ފޮށި ބަހައްޓާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. ފުރަތަމަ ބުރުގައި މާލޭގައި ބެހެއްޓީ 176 ވޯޓު ފޮށްޓެވެ. އަދި ބޭރު ގައުމުތަކުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.
އަތޮޅުތަކުގައި 319 ފޮށި
މާލެ ސަރަހައްދުގައި 187 ފޮށި
ރިސޯޓުތަކުގައި 65 ފޮށި
ރާއްޖޭން ބޭރުގައި 9 ފޮށ
ޖަލުތަކުގައި 5 ފޮށި
ސިނާއީ ސަރަހައްދު، 1 ފޮށި
ރާއްޖޭން ބޭރުގައި މިފަހަރުވެސް ވޯޓު ފޮށި ބަހައްޓާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފޮށިތައް ބެހެއްޓި ފަސް ގައުމުގަ އެވެ. އޭގެ ތެރެއިން ފޮއްޓެއް އިތުރުކޮށްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމް އަށެވެ.
މާލެ ސަރަހައްދަށް އިތުރުކުރި ވޯޓު ފޮށި ތަކުގެ ތެރެއިން މާލޭގައި ހަތް ފޮށި ބަހައްޓާއިރު ވިލިމާލޭގައި އެއް ފޮށި އަދި ހުޅުމާލޭގައި އެއް ފޮށި ބަހައްޓާނެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އެއަށްފަހު ކުރިއަށް ދާނީ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތެވެ.
Comment