Advertisement

ކެޕާގެ ދިފާއުގައި އަންޗެލޮޓީ ބަސް ބުނެފި

27 ސެޕްޓެންބަރު 2023 - 11:00 0


ކެޕާގެ ދިފާއުގައި އަންޗެލޮޓީ ބަސް ބުނެފި

27 ސެޕްޓެންބަރު 2023 - 11:00 0

މެޑްރިޑް (ސެޕްޓެމްބަރު 27) - ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މެޑްރިޑް ބަލިވުމުން އެ ޓީމުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް އަމާޒުވި ފާޑުކިޔުންތަކާ ދެކޮޅަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވާހަކަ ދައްކައިފި އެވެ.

އެތުލެޓިކޯ އަތުން 3-1 އިން ރެއާލް ބަލިވި މެޗަށް ފަހު ސްޕެއިނުގެ މީޑިއާތަކުން ވަނީ ރެއާލު ބަލިވުމުގެ ޒިންމާ ކެޕާ ނަގަން ޖެހޭ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.

ކެޕާ އަށް އެ އަމާޒުވި ފާޑުކިޔުންތަކާއު މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިން ވަނީ އަންޗެލޮޓީއާ ސުވާލުކޮށްފަ އެވެ.

"އަހަރެންގެ ފުރިހަމަ އިތުބާރު ކެޕާ އަށް އެބައޮތް،" ލީގުގައި މިރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުންޏެވެ.

"ކެޕާ އަކީ މޮޅު ކީޕަރެއް، އެކަން އޭނާ އެ އަންނަނީ ސާބިތުކޮށްދެމުން. މެޓްރޮޕޮލިޓާނޯގައި (އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގައި) އެ ވަން ތިން ގޯލަކީ މުޅި ޓީމަށް ހެދުނު ގޯސްތަކަކުން އައި ގޯލުތަކެއް. ވަކި މީހެއްގެ ސަަބަބުންނެއް ނޫން،"

އެއް އަހަރުގެ ލޯނެއްގައި ރެއާލުން ކެޕާ ގެންނަން ނިންމީ ރެއާލްގެ އެއް ވަނަ ކީޕަރު ތިބައު ކޯޓުއާ އަށް އަނިޔާވުމާ ގުޅިގެންނެވެ.

ރެއާލާ އެކު ކެޕާ ސޮއިކުރި އެއްބަސްވުން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައި ރެއާލުން ބޭނުންނަމަ ދާއިމީކޮށް ކެޕާ އެ ޓީމުގައި ބަހައްޓަން ދައްކަންޖެހޭނެ ފީއެއް ހިމަނައިފައިނުވެ އެވެ. އެހެންކަމުން، ކެޕާ އަށް މި ސީޒަނަށް ފަހު އިތުރު ފުރުސަތެއް ރެއާލުން ދޭނަމަ ޗެލްސީއާ އެކު އާ ޑީލެއް މަޝްވަރާ ކުރަން ޖެހޭނެ އެވެ. އަންޗެލޮޓީ ވަނީ ކެޕާ އަށް އެ ފުރުސަތު ދޭނެތޯ ނިންމާނީ މުޅި ސީޒަނަށް ބަލާފައި ކަމަށެވެ.

ލަސް ޕަލްމާސް އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.