Advertisement

އެއާޕޯޓަކާއެކު ރާއްޖޭގައި ތަރައްގީ ކުރި ދެ ވަނަ ރިސޯޓު ހުޅުވައިފި

25 ސެޕްޓެންބަރު 2023 - 15:01 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އިފުރު އައިލެންޑް މޯލްޑިވްސް ރިސޯޓު، މިއީ އެއާޕޯޓަކާއެކު ރާއްޖޭގައި ތަރައްގީކުރި ދެވަނަ ރިސޯޓު----


އެއާޕޯޓަކާއެކު ރާއްޖޭގައި ތަރައްގީ ކުރި ދެ ވަނަ ރިސޯޓު ހުޅުވައިފި

25 ސެޕްޓެންބަރު 2023 - 15:01 0

ރ. އިފުރު އެއާޕޯޓާއެކު އެރަށުގައި ތަރައްގީކުރި "އިފުރު އައިލެންޑް މޯލްޑިވްސް" ހުޅުވައިފި އެވެ.

މި ޕްރިމިއަމް އޯލް އިންކްލޫސިވް ރިސޯޓު ރަސްމީކޮށް ހުޅުވީ މިދިޔަ އަންގާރަ ދުވަހު އެވެ. ޖުމްލަ 147 ވިލާ ހިމެނޭ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ރިސޯޓަކީ ރާއްޖޭގައި އެއާޕޯޓަކާއެކު ތަރައްގީކުރި ދެ ވަނަ ރިސޯޓެވެ.

އިފުރު އައިލެންޑް މޯލްޑިވްސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތަކަށް ހާއްސަ ހަ ރެސްޓޯރެންޓަކާއި ހަތަރު ބާ އާއި ޓޫރިސްޓުންނަށް ހާއްސަ އެތައް ފެސިލިޓީއެއް ހިމެނެ އެވެ. އޭގެތެރޭގައި ޓޫރިސްޓުންނަށް ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއި 24 ގަޑިއިރު ހިދުމަތް ލިބޭ ފިޓްނެސް ސެންޓަރެއް ވެސް ހިމެނެ އެވެ.

އެ ރިސޯޓުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ޗެމްޕިއަން ސްކައިޑައިވަރު ވިލް ޕެނީއާ ގުޅިގެން އެތަނުގައި ވަނީ ރާއްޖޭގެ ފުރަތަމަ ދާއިމީ ސްކައިޑައިވިން ޑްރޮޕްޒޯން ވެސް އުފައްދާފަ އެވެ. އެ ރިސޯޓުން އަންނަނީ ސްކައިޑައިވިންގެ ބޮޑު ހަރަކާތެއް ވެސް ރާވަމުންނެވެ.

އިފުރު އެއާޕޯޓު އޮޕަރޭޓު ކުރަމުން އަންނަނީ އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ތަރައްގީކުރި އެއާޕޯޓެކެވެ.

އިފުރު އެއާޕޯޓާއި ރިސޯޓު ތަރައްގީކުރީ ކޯސްޓްލައިން ކުންފުނީގެ ހިއްސާ އޮންނަ އިފުރު އިންވެސްޓްމަންޓްސް އިންނެވެ. އަދި ރިސޯޓްގެ ލީސް ރައިޓްސް އޭރު އޮތީ ކޯސްޓްލައިން ގްރޫޕް އޮފް ކޮމްޕެނީޒް އާއި އޮސްޓްރޭލިއާގެ ހޮސްޕިޓާލިޓީ ސްޓްރެޓެޖީޒް ގުޅިގެން 2012 ވަނަ އަހަރު އުފައްދާފައިވާ ދި ސްމޯލް މޯލްޑިވްސް އައިލެންޑް ކޯ ނަމަކަށް ކިޔާ ކުންފުންޏެެއްގެ ނަން މަތީގައެވެ.

އެކުންފުނިން 2020 ވަނަ އަހަރު އިފުރު އެއާޕޯޓާއި ރިސޯޓު 65 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ގެ އަގަކަށް ވިއްކާލަންވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މުއާމަލާތް ކުރިއަށްދިޔަކަމެއް ޔަގީނެެއް ނޫނެވެ.