25 ސެޕްޓެންބަރު 2023 - 12:28 0
ފާތިމަތު ސާޔާ އަހުމަދު
ބޮމުގެ ހަމަލާ ދިން ސަރަހަައްދުގައި ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް. -- ފޮޓޯ: އޭޕީ
25 ސެޕްޓެންބަރު 2023 - 12:28 0
ސޯމާލިއާގައި ހޮނިހިރު ދުވަހު ޓްރަކެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފި އެވެ.
މަރުވި މީހުންގެ އަދަދު 13 އިން 21 އަށް މަތިވީ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ފެނުމުންނެވެ.
ގޮވާ ތަކެތި ބަރުކޮށްފައި އޮތް ޓްރަކް ދުއްވާފައި ގޮސް ގޮއްވާލީ ޓްރަކް ޑްރައިވަރު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ބެލެޑްވެއިން އަވަށުގަ އެވެ.
ޓްރަކް ގޮއްވާލީ ސެކުއިރިޓީ ޗެކްޕޮއިންޓެއް ކައިރިންނެވެ. އޭގެ ސަބަބުން ކައިރި އިމާރާތްތައް ބިމާ ހަމަވެ، ގިނަ ބަޔަކަށް އަނިޔާވި އެވެ.
ފުލުހުން ބުނީ މަރުވި މީހުންގެ އަދަދު އިތުރުވި އިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް އަދިވެސް ކުރަމުންދާ ކަމަށެވެ.
ރައީސް ހަސަން ޝެއިހް މޮހަމުދް ވަނީ ހަމަލާ ކުށްވެރި ކުރައްވައި އަލް ޝަބާބް ޓެރަރިސްޓުންނާ ދެކޮޅު މަސައްކަތް ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަލް ޝަބާބުން ސޯމާލިއާގެ ސަރުކާރާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ މީގެ 15 އަހަރު ކުރިންނެވެ. އެހެން ނަމަވެސް ހޮނިހިރު ދުވަހުގެ ހަމަލާގެ ޒިންމާ އެއްވެސް ގްރޫޕަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ.
Comment