Advertisement

ނައިޖީރިއާގެ ޔުނިވާސިޓީއަކުން 30 މީހުން ރަހީނުކޮށްފި

24 ސެޕްޓެންބަރު 2023 - 06:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނައިޖީރިއާގެ ސިފައިން.


ނައިޖީރިއާގެ ޔުނިވާސިޓީއަކުން 30 މީހުން ރަހީނުކޮށްފި

24 ސެޕްޓެންބަރު 2023 - 06:21 0

ނައިޖީރިއާގެ ހުޅަނގު އުތުރު ޒަމްފަރާ ސްޓޭޓުގެ ޔުނިވާސިޓީއަކަށް ހަތިޔާރު ހިފައިގެން ތިބި ބަޔަކު ވަދެ 30 މީހުން ރަހީނުކޮށްފި އެވެ.

ރަހީނުކުރި މީހުންގެ ތެރޭގައި 24 އަންހެން ދަރިވަރުން ހިމެނެ އެވެ. އެ އަމަލު ހިންގީ ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޮނިހިރު ދުވަހުގެ ފަތިސް ވަގުތު ފެޑެރަލް ޔުނިވާސިޓީގެ ހޮސްޓެލް އިމާރާތްތަކަށް ވަދެ މީހުން ރަހީނުކުރީ ހަތިޔާރުން ބިރު ދައްކައިގެންނެވެ.

މިއީ ރައީސް ބޯލާ އަހްމަދު ތިނޫބޫ ވެރިކަމަށް ވަޑައިގެންނެވި ފަހުން މިފަދަ ގޮތަކަށް ގިނަ ބަޔަކު ރަހީނުކުރި ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކީ ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުމެވެ.

ޒަމްފަރާ ސްޓޭޓް ފުލުހުން ބުނީ ރަހީނު ކުރި މީހުން ސަލާމަރް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ސިފައިން ވެސް ބުނީ ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ހަ އަންހެން ދަރިވަރުން ސަލާމަތްކޮށްފައިވާ ކަމަށް ބުންޏެވެ.