Advertisement

ހުލާސާކޮށް އިއްޔެ: ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގަތުން

23 ސެޕްޓެންބަރު 2023 - 07:00 0

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު


ހުލާސާކޮށް އިއްޔެ: ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގަތުން

23 ސެޕްޓެންބަރު 2023 - 07:00 0

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ އެނބުރި ރާއްޖެ ވަޑައިގެންނެވި އެވެ.

އަދީބުގެ ޕާޓީ، އެމްޓީޑީން ބުނެފައިވާ ގޮތުގައި އޭނާގެ ބޭސްފަރުވާގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު ދެވަނަ މަރުހަލާ ކުރިއަށްގެންދަން ޑޮކްޓަރުން ލަފާދީފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި, އެކަމަށް ސަރުކާރުން މިހާރު ހުއްދަ ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ބޭސްފަރުވާ އަށް އަދީބު ސިންގަޕޫރަށް ފުރަން ކަރެކްޝަންސްއިން ހުއްދަ ދިނުމުން އޭނާ ފުރީ ޖުލައި 12، ވަނަ ދުވަހު އެވެ. އޭރު ދިން 10 ދުވަހުގެ މުއްދަތު އިތުރުކުރަން އަދީބު އެދުމުން އޮގަސްޓް މަހުގެ ނިޔަލަށް މީގެ ކުރިން މުއްދަތު އިތުރުކޮށްދީފައިވެ އެވެ.

އެ މުއްދަތު ހަމަވުމުން އޭނާގެ އެދުމުގެ މަތިން ސެޕްޓެމްބަރު 15، އާ ހަމައަށް މުއްދަތު އިތުރުކޮށްދިނެވެ. އެއަށް ފަހު އެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ވެސް އޮތީ އިތުރުކޮށްފަ އެވެ.

އޭނާ ރާއްޖެއިން ބޭރަށް ފޮނުވީ އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަކަށް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އެގޮތުން، އެނާ ފޮނުވީ ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުން ކަމަށާއި އޭނާއާއެކު ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.

ޖަލު ހުކުމެއް އޮތަސް އަދީބު ޖަލުން ގެއަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލު ހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.

މުހިންމު ބައެއް ހަބަރު