Advertisement

ކުޑަކުދިންނަށް ހާއްސަ "އެލައިޑް ފެސްޓް" މާދަމާ ބާއްވަނީ

21 ސެޕްޓެންބަރު 2023 - 11:19 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކުޑަކުދިންނަށް ހާއްސަ "އެލައިޑް ފެސްޓް" މާދަމާ ބާއްވަނީ

21 ސެޕްޓެންބަރު 2023 - 11:19 0

އެލައިޑް އިންޝުއަރެންސްއިން އިންތިޒާމު ކޮށްގެން ބާއްވާ "އެލައިޑް ފެސްޓް" މާދަމާ ބާއްވަން ނިންމައިފި އެވެ.

މިއީ ކުޑަކުދިންނަށް ހާއްސަ މި ފެސްޓިވަލް ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ފިޝިން، ބީން ބޭގް ޓޮސް، ސްނޭކް އެންޑް ލެޑާ، ޓުވިސްޓާ، އަދި ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް އާޓް ކޯނާއެއް ވެސް ހިމެނެ އެވެ.

މި ފެސްޓިވަލުގައި ބެލެނިވެރިންނަށް އަމާޒު ކޮށްގެން ދިރިއުޅުމާއި އާއިލާއާބެހޭ މައުލޫމާތު ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ. މި ފެސްޓިވަލުގެ ތެރެއިން ހާއްސަ ލަކީޑްރޯއެއް ނެގުމާއި އެ ލަކީޑްރޯއިން ގުރުއަތުން ނެގޭ ތިން ކުއްޖަކަށް ހާއްސަ ހަދިޔާއެއް ދޭގޮތަށް ވެސް އެލައިޑުން ވަނީ ހަމަޖައްސައިފަ އެވެ.

މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު ކުރިއަށްގެންދިޔަ މި ހަރަކާތަށްވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.