Advertisement

ނަޝީދުގެ ވިސްނުމަކީ ގާނޫނު އަސާސީ އިސްލާހުކުރުމާ ގުޅޭ މާއްދާ އިސްލާހުކުރުން

20 ސެޕްޓެންބަރު 2023 - 07:10 0

މުހައްމަދު ނަސީމް

މ

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫސްވެެރިންނާ ބަދަލުކުރައްވަން ވަޑައިގަންނަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ނަޝީދުގެ ވިސްނުމަކީ ގާނޫނު އަސާސީ އިސްލާހުކުރުމާ ގުޅޭ މާއްދާ އިސްލާހުކުރުން

20 ސެޕްޓެންބަރު 2023 - 07:10 0

Advertisement

Advertisement

ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު އަލުން ކަނޑައެެޅުން އަވަސް ކުރުމަށް ޓަކައި، ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް ގެންނަ ބަދަލު ތަސްދީގުކުރަން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވައި، އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވައިލަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފި އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތުގައި އޮންނަން ފެންނަ ނިޒާމެއް ކަަނޑައަޅަން، އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ގެންދަނީ އެ ގަރާރު ދިރާސާކުރަމުންނެވެ.

Advertisement

މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ މިހާރު އޮތް ގަރާރާ އެއްގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް، ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް އަލުން ފެންނަ ވޯޓަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި އެގޮތަށް އެކަން ކުރަން ލާޒިމުކޮށްފައި އޮންނާތީ އެވެ. އެ މާއްދާ އޮތް ގޮތުން ގާނޫނު އަސާސީއަށް ގެންނަ އެފަދަ ބަދަލެއް ތަސްދީގުކުރަން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވައިފި ނަމަ، ތަސްދީގުކުރެއްވުމުގެ ކުރިން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވައިލަން ޖެހެ އެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ބަދަލުކުރާ މާއްދާތައް އެކަމުން އިސްތިސްނާވާ ގޮތަށް 262 ވަނަ މާއްދާ ބަދަލުކުރެވިދާނެ ކަމަަށެވެ.

[ގާނޫނުއަސާސީގެ] 262 ގައި އެ ބުނާ އެއްވެސް ބިލެއްގެ ބަދަލުގައި 70 [ވަނަ މާއްދާ]ގެ ދަށުން ހިޔާލު ހޯދާފައި އެެކުލަވައިލާފައި އޮތް ބިލެއް ނަމަ އަނެއްކާ ރައީސުލް ޖުމްހޫރިއްޔާއަށް ތަސްދީގުކުރަން ދާން ޖެހިވަޑަައިނުގަންނަވާ ގޮތަށް 262 އަޅުގަނޑުމެނަށް އިސްލާހުކުރެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު އެ ވިދާޅުވި ގޮތަށް ބަދަލުކޮށްފި ނަމަ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމު ކަނޑައަޅަން ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރުގެ ދަށުން ނަގާ ފެންނަ ނުފެންނަ ވޯޓެއް ބަރުލަމާނީއާ އެއްކޮޅަށް ނިމިއްޖެ ނަމަ، އެއާ ގުޅިގެން ގާނޫނުއަސާސިއަށް ގެންނަ ބަދަލުތައް އާންމުންގެ ވޯޓަކަށް ފޮނުވާކަށް ނުޖެހޭނެ އެވެ.