Advertisement

ސިޓީބިޓީ: އެ ހަނދާންތައް ފިލައިދާނެ ހެއްޔެވެ؟

18 ސެޕްޓެންބަރު 2023 - 18:26 2

ސިޓީބިޓީ

ސިޓީބިޓީ

އިލްހާމް އާއި އަނބިކަނބަލުން މާޝާ އަދި ޒާލިފު -- ފޮޓޯ: އަވަސް


ސިޓީބިޓީ: އެ ހަނދާންތައް ފިލައިދާނެ ހެއްޔެވެ؟

18 ސެޕްޓެންބަރު 2023 - 18:26 2

ފެބްރުއަރީ 11، 2018 ވަނަ ދުވަހެވެ. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަންހެނުން އައިޝަތު މާޝާ ހަސަން ޕޮލިހަށް ހާޒިރުކުރި އެވެ. ސަބަބަކީ ތޯވެ. ފުލުހުންނަށް އިލްހާމް ވީތަނެއް ނޭނގުމެވެ. ނުފެނުމެވެ. އެކަމުގައި މާޝާގެ ކުށެއް ނެތް، އޭނާގެ މައްޗަށް ކުރެވޭނެ ތުހުމަތެއް ނެތެވެ. ނަމަވެސް، ތުއްތު ކުދިންތަކެއްގެ އެ މަންމަ ޕޮލިހަށް ހާޒިރުކޮށް، ހައްޔަރުކުރި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ހިތްދަތި ކަމެއް ކުރިމަތިވި އެއް ފަރާތަކަށް، ޕީޕީއެމް އާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި އިލްހާމް ވާނެ އެވެ. އަނބިދަރިން ދޫކޮށް، ރާއްޖޭން ބޭރަށް އަރުވާލެވިގެން އިލްހާމް ހުއްޓެވެ. މާލެ އައުމުން ހައްޔަރުކޮށް އަށެއްކަ މަހު ދުވަހު ޖަލުގައި ބޭއްވި އެވެ. އެ ހިތްދަތި ކަމާއި، އަންހެނުން "ރަހީނު"ކުރުމާއި ކޮއްކޮ، ގާނޫނީ ވަކީލު އާދަމް ޒާލިފު ހައްޔަރުކޮށް ޖަލަށްލި ހަނދާންތައް މިއަދުގެ ކަމެއްގެ ގޮތުގައި ހަރުލާފައި އެބަ ހުއްޓެވެ.

މިއީ އެ ބިރުވެރި ހާލަތުން ކުޑަ މިންވަރެކެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ހައްޔަރުކުރި އެވެ. އިދިކޮޅު ހުރިހާ ލީޑަރުން ވެސް ޖަލަށްލި އެވެ. ކުރީގެ ރައީސް މައުމޫނާއި، ދަރިކަލުން ފާރިސް މައުމޫނާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން ނަދީމް ވެސް ހައްޔަރުކޮށް އެތައް ދުވަހަކު ބޭއްވީ ޖަލުގަ އެވެ.

މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް، މުސްކުޅި އުމުރުފުޅުގައި ކުރައްވަން ޖެހިވަޑައިގެންނެވި ހިތާމަ އަހަރެންނަށް ގާތުން ފެނުނެވެ. އެކަމަނާގެ އާދޭސްތަކާއި އިލްތިމާސް މިއަދު ވެސް ހިނދުރީގައި އެބަ ހުއްޓެވެ. ގާސިމް އިބްރާހިމްގެ ދަރިކަލުން، ސިޔާދު ގާސިމް ހައްޔަރުކޮށްފައި ނިންމާލީއެއް ނޫނެވެ. ވިލާގެ އެކައުންޓުތައް ބަނދުކޮށް، އޮފީސް ބަލައި ފާސްކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލިސްކުރާ ގެ ބަންދުކުރި އެވެ. 12 މެމްބަރުން ވެސް މަޖިލީހުން ވަކިކުރި އެވެ. މަޖިލީހުގެ އިދާރާއަށް ރަޔަޓު ސިފައިން ވައްދައި އެތަނުގައި ކޭމްޕު ޖަހައިގެން ތިއްބެވެ. ނޫސްވެރިންނާއި، ސިޔާސީ ހަރަކާތްތެރިން ތިބީ ޖަލުގަ އެވެ. ނުވަތަ އަރުވާލެވިގެން ރާއްޖޭން ބޭރުގަ އެވެ.

އަހަރެންނަކީ އޭރު އެ ކަންކަމާ ދެކޮޅަށް ނުކުމެ، "މިނިވަންކުރޭ" ޖެހި ޓީޝާޓާއި ޕޯސްޓަރު ހިފައިގެން އުޅުނު މީހެކެވެ. ކޮންމެ އެއްވުމެއްގައި ހުރީމެވެ. މިއަދު އަހަރެން "ސިޓީބިޓީ"ގެ ޒަރިއްޔާއިން އެ ހަނދާންތައް އާކޮށްލަދޭން ބޭނުން މިވީ، އެ މަންޒަރުތައް ބައެއް މީހުންގެ ހަނދާނުގެ ސްކްރީނުން ފިލައިދިޔަހެން ހީވާތީ އެވެ. ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އެ ހަނދާންތަކެއް އަހަރެންގެ ހިތުން ފިލައި ނުދާނެ އެވެ. އަހަރެން ދެރަވަނީ އެކަންކަމަށް މި ސަރުކާރުން ވެސް އެކަށީގެންވާ ފަރުވާ ނުލިބުމެވެ. ބަދަލު ނުލިބުމެވެ.

-- އަހުމަދު

އަދަދު ސިޓީބިޓީ


ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟ ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައިވަނީ "އަދަދު ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.