Advertisement

އުތުރު ކޮރެއާއާ އެކު އެއްބަސްވުމެއްގައި ސޮއިނުކުރަން: ރަޝިއާ

17 ސެޕްޓެންބަރު 2023 - 07:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން.


އުތުރު ކޮރެއާއާ އެކު އެއްބަސްވުމެއްގައި ސޮއިނުކުރަން: ރަޝިއާ

17 ސެޕްޓެންބަރު 2023 - 07:18 0

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށާއި ސޮއިކުރަން ރާވާފައި ވެސް ނުވާ ކަމަށެވެ.

އެ ދަތުރުގެ ތެރެއިން ދެ ގައުމުގެ މެދުގައި ހަތިޔާރާ ގުޅުން ހުރި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް އެމެރިކާއިން ތުހުމަތު ކުރި އެވެ.

ކިމްގެ ދަަތުރުފުޅު ފެއްޓެވީ މިދިޔަ އަންގާރަ ދުވަހު އެވެ، އަމިއްލަފުޅު ރޭލުގައި ރަޝިއާއަށް ވަޑައިގެން ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރެއްވީ ބުދަ ދުވަހު އެވެ.

އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ. އަދި އުތުރު ކޮރެއާއަށް ދަތުރު ކުރެއްވުމަށް ޕުޓިން އެއްބަސްވެވަޑައިގެންނެވި އެވެ.