Advertisement

މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީ: ރައީސް

15 ސެޕްޓެންބަރު 2023 - 12:45 0

ރައީސް ސޯލިހު ކެމްޕޭނު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- އަބްދުﷲ އިޔާން/ އަދަދު


މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީ: ރައީސް

15 ސެޕްޓެންބަރު 2023 - 12:45 0

އިގުތިސޯދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމުގެ ތަޅުދަނޑި އަކީ ޒަމާނީ ޑިމޮކްރެސީ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގައި، ވަރަށް ގިނަ ބައެއްގެ ހިތްވަރާ މަތިވެރި ގުރުބާނީގެ ހިއްސާ ބޮޑުކަމަށެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސް ސޯލިހު ވިދާޅުވި އެެވެ.

"މީގެ އިތުރުން، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ އެކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ.

މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާއިރު އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއް ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.