14 ސެޕްޓެންބަރު 2023 - 13:41 0
މަރިޔަމް އަފާ ނިޒާމް
އައިޔޫއެމްގެ ދަސްވެނިވުން -- ފޮޓޯ: ރައީސް އޮފީސް
14 ސެޕްޓެންބަރު 2023 - 13:41 0
އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭ، "ކޮމަންވެލްތު ސްކޮލާޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ވާގޮތުން، ކޮމަންވެލްތު ސްކޮލާޝިޕްގެ ދަށުން މި ފުރުސަތުގައި މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއްގައި އިނގެރޭސިވިލާތުން ކިޔެވުމަށް ދެ ދަރިވަރަކަށް ފުރުސަތު ލިބޭނެ އެވެ.
ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ނޮމިނޭޓް ކުރާ ދެ ކެންޑިޑޭޓުންގެ ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތްތަކުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.
ސްކޮލާޝިޕްގެ ޝަރުތުތައް:
ސްކޮލާޝިޕް ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ އެންމެ މަތިން އެކަޑެމިކް މެރިޓް ޕޮއިންޓު ލިބޭ ދަރުވަރުންނަށެވެ. އަދި މެރިޓް ޕޮއިންޓު އެއްވަރުވެއްޖެ ނަމަ ދެން އިސްކަންދޭނީ އެންމެ މަތީ ސެޓްފިކެޓް ހާސިލްކުރުމަށްފަހު ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ކަމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސްޓޫޑޭންޓް ލޯން ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުންނަށް ލޯނު އެގްރީމެންޓުގައި ސޮއިނުކުރާ ނަމަ، މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނެ އެވެ. އަދި ސްކޮލާޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 26، ގެ 13:30 އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ސްކޮލާޝިޕަށް އެދި ފޯމު ހުށަހެޅޭނެ އެވެ.
Comment