Advertisement

ޔަމަހާ ސައިކަލާއި އައުޓްބޯޑު ސާވިސް ކުރުމަށް ހާއްސަ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާއިން ފަށައިފި

13 ސެޕްޓެންބަރު 2023 - 11:24 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެލިއާއިން ކުރިއަށް ގެންދާ "ޔަމަހާ ޓެކްނިކަލް ޓްރެއިނިން" -- ފޮޓޯ: އެލިއާ


ޔަމަހާ ސައިކަލާއި އައުޓްބޯޑު ސާވިސް ކުރުމަށް ހާއްސަ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމެއް އެލިއާއިން ފަށައިފި

13 ސެޕްޓެންބަރު 2023 - 11:24 0

ޔަމަހާ ޖަޕާނުގެ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓްސް ގުޅިގެން ރާއްޖޭގައި ހިންގާ "ޔަމަހާ ޓެކްނިކަލް ޓްރެއިނިން" ގެ ދެ ވަނަ ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

ޔަމަހާ ސައިކަލު އަދި އައުޓްބޯޑު ސާވިސް ކުރުމުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ބާއްވާ މި ޓެކްނިކަލް ޓްރެއިނިންތަކަކީ ޔަމަހާ ޓެކްނިކަލް އެކެޑަމީއިން ޖަޕާނުގައި ޔަމަހާގެ ޑިސްޓްރިބިއުޓަރުންނަށް ދޭ ޔަމަހާ ބޮރޯންޒް ލެވެލްގެ ޓްރެއިނިންތަކެކެވެ.

މި ޓްރެއިނިންތަކުގެ މައިގަނޑު މަގުސަދަކީ މެކޭނިކުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމާއި ޔަމަހާގެ ކޮންމެ އުފެއްދުމަކަށް ވެސް ބޭނުންވާ ސާވިސްކުރުމުގެ ތަޖުރިބާ ފޯރުކޮށްދިނުމެވެ.

އެގޮތުން އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުން ޖުމްލަ 52 ފަރާތަކުން މި ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް އެލިއާއިން މައުލޫމާތުދެ އެވެ.

ޔަމަހާގެ އިރުޝާދާއެކު މިޓްރެނިންތައް ފޯރުކޮށްދޭނީ އެ ކުންފުނީގެ ސަޓިފައިޑް ތަޖުރިބާކާރު އެލިއާގެ ސީނިއާ މެކޭނިކުންގެ ޓީމަކުންނެވެ.

މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިން ޕްރޮގްރާމުގެ ދަށުން ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެލިއާއިން މައުލޫމާތުދެ އެވެ.

އެލިއާއިން އަންނަނީ މިފަދަ ތަފާތު ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން އެ ކުންފުނިން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން 2014 ވަނައަހަރުން ފެށިގެން ބާއްވަމުންދާ "ބޯޓް އޮޕަރޭޓާސް ޓްރެއިނިން" ޕްރޮގްރާމް ވެސް ކޮވިޑްގެ މެދުކެނޑުމަށްފަހު މި އަހަރު ވަނީ ފަށާފަ އެވެ.