Advertisement

އެއާޕޯޓް ތަރައްގީކުރާ ސަރަހައްދު ފ. މަގޫދޫގެ އިދާރީ އިހުތިސާސުން ވަކިކޮށްފި

23 އޮކްޓޯބަރު 2023 - 23:02 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެއާޕޯޓް ތަރައްގީކުރާ ސަރަހައްދު ފ. މަގޫދޫގެ އިދާރީ އިހުތިސާސުން ވަކިކޮށްފި

23 އޮކްޓޯބަރު 2023 - 23:02 0

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތުގެ ދަށުން ފ. މަގޫދޫގެ އިދާރީ އިހުތިސާސްއިން އެރަށުގައި ތަރައްގީކުރާ އެއާޕޯޓު ސަރަހައްދު ވަކިކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ވާގޮތުގެ މަތިން ފ. މަގޫދޫގެ އިދާރީ އިހުތިސާސްއަށް ބަދަލު ގެނައުމަށްފަހު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ގަރާރު ގެޒެޓުކޮށްފަ އެވެ.

މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ނިންމައި މަސައްކަތް ފެށީ މި ސަރުކާރުގަ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް އެއާޕޯޓުތައް ހިންގަމުން އަންނަނީ ކުންފުނިތަކާ ހަވާލުކޮށްގެން، އެއާޕޯޓު އޮންނަ ރަށުގެ އިހުތިސާސްއިން ވަކިކޮށްގެންނެވެ.

މަގޫދޫގައި އެއާޕޯޓު ތަރައްގީ ކުރަނީ އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި އެއާޕޯޓު ތަރައްގީ ކުރުމަށް ހާއްސަކޮށް ހިއްކާ 47.8 ހެކްޓަރުގެ ބިމުގަ އެވެ. އޭގެތެރެއިން 30.8 ހެކްޓަރު ހާއްސަވަނީ އެއާޕޯޓަށެވެ. ބާކީ 17 ހެކްޓަރު ބޭނުންކުރާނީ ދިރިއުޅުމާށާއި، ސިނާއި ބޭނުންތަކަށެވެ.

އެރަށުގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް އެ ދައުރުގައި އެއާޕޯޓުގެ މަސައްކަތް ނުފެށުނީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅާ ގޮތަށް ފަހުން ސިޔާސަތަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުންނެވެ.

މަގޫދޫގެ ޖުމުލަ އާބާދީ އަކީ 934 އެވެ. އެއީ 451 އަންހެނުންނާއި 483 ފިރިހެނުންނެވެ. ރަށުގައި ދިރިއުޅޭ އާބާދީ އަކީ 736 އެެވެ.