Advertisement

ހާމަކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ވަފުދެއް ސައުދީ އަރަބިއްޔާގައި

13 ސެޕްޓެންބަރު 2023 - 06:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ވަފުދު ބައިވެރިވީ ޔުނެސްކޯ ބައްދަލުވުމެއްގައި. -- ފޮޓޯ: އޭއެފްޕީ


ހާމަކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ވަފުދެއް ސައުދީ އަރަބިއްޔާގައި

13 ސެޕްޓެންބަރު 2023 - 06:00 0

ހާމަކަން ބޮޑު ގޮތެއްގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ވަފުދަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފި އެވެ.

އިޒްރޭލުގެ ވަފުދު ހޯމަ ދުވަހު ސައުދީގެ ރިޔާދަށް ދަތުރު ކުރީ ޔުނެސްކޯގެ ބައްދަލުވުމަކަށެވެ. މިއީ އެންމެންނަށް އެނގޭ ގޮތަށް އިޒްރޭލުގެ ވަފުދަކުން ސައުދީއަށް ކުރި ފުރަތަމަ ދަތުރެވެ.

އިޒްރޭލުގެ އޮފިޝަލަކު އޭއެފްޕީއަށް ބުނީ ފަސް މެމްބަރުންގެ ވަފުދުން ރިޔާދަަށް ދިޔައީ ޔުނެސްކޯއިން ކަނޑައަޅާ ދުނިޔޭގެ ތަރިކައިގެ ލިސްޓު އަޕްޑޭޓް ކުރުމުގެ ބައްދަލުވުމަށް ކަމަށެވެ.

އެ ޓީމުން ރިޔާދަށް އެތެރެވީ ޑުބާއީ މެދުވެރިކޮށެވެ. އެއީ އިޒްރޭލާއި ސައުދީއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ގާއިމްކޮށްފައި ނުވާތީ އެވެ.

އިޒްރޭލުން ބުނީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި ޔުނެސްކޯ އާއި ސައުދީއަށް ޝުކުރު އަދާކުރާ ކަމަށެވެ. އިޒްރޭލުގެ އުއްމީދަކީ ސައުދީއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހަފުތާގައި ފަލަސްތީނުގެ ވަފުދެއް ސައުދީއަށް ދަތުރުކޮށް، އިޒްރޭލާއި ސައުދީއާ ގުޅުން ގާއިމްކޮށްފި ނަމަ ކުރިއަށް ދާނެ ގޮތްތަކާ ގުޅޭ މަޝްވަރާ ކުރި އެވެ.

އިޒްރޭލަލީ ދައުލަތެއްގެ ގޮތުގައި ސައުދީއިން ބަލައިގެންފައެއް ނުވެ އެވެ. ސައުދީއިން މިހާތަނަށް ބުނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްނުވާހާ ހިނދަކު އިޒްރޭލާ އެކު ގުޅުމެއް ނުބާއްވާނެ ކަމަށެވެ.