Advertisement

ޖާސޫސީ ވެރިޔާއަށް ތުހުމަތު ކުރެވޭތީ ލަންކާ އީސްޓާ ހަމަލާގެ އާ ތަހުގީގެއް

12 ސެޕްޓެންބަރު 2023 - 06:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ހަމަލާތަކުގައި 279 މީހުން މަރުވި.


ޖާސޫސީ ވެރިޔާއަށް ތުހުމަތު ކުރެވޭތީ ލަންކާ އީސްޓާ ހަމަލާގެ އާ ތަހުގީގެއް

12 ސެޕްޓެންބަރު 2023 - 06:41 0

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާތަކުގައި ޖާސޫސީ ވެރިޔާއަށް ތުހުމަތުތަކެއްކޮށް އިނގިރޭސި ޓީވީއަކުން ނެރުނު ޑޮކިޔުމެންޓްރީއަކާ ގުޅިގެން މައްސަލަ ބަލަން ނިންމައިފި އެވެ.

ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ މައްސަލަ ބަލަން އައްޔަނުކުރީ ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށެވެ. ތަހުގީގުގައި ބަލާނީ އީސްޓާ ހަމަލާ ދިނީ މިހާރު ޖާސޫސީ ވެރިޔާގެ މަގާމުގައި ހުރި ސުރޭޝް ސަލޭ ރާވައިގެން ކަމަށް ކުރާ ތުހުމަތުތަކެވެ.

ނަސާރާއިން ފާހަަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް ދިން ހަމަލާތަކުގައި 279 މީހުން މަރުވި އެވެ. މި ހަފުތާގައި ދެއްކި ޑޮކިޔުމެންޓްރީގައި ވަނީ ސަލޭއަށް ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ.

ލަންކާގެ ރައީސް އޮފީހުން ބުނީ ހުރިހާ ތުހުމަތުތަކެއް ބަލައި، ތަހުގީގުގެ ހޯދުންތައް މަޖިލީހަށް ހުށަހެޅުމަށް ފަހު އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށެވެ.

އަލުން ތަހުގީގެއް ފަށަން ނިންމި އިރު، ލަންކާގެ ނަަސާރާއިންގެ ފައްޅިން ގޮވާލާފައި ވަނީ ބައިނަލްއަގްވާމީ، މިނިވަން ތަހުގީގަކަށެވެ.

އިނގިރޭސި ޗެނަލް 4 ގެ ޑޮކިޔުމެންޓްރީގައި ބުނީ ސަލޭ އާއި ބޮން ގޮއްވާލި މީހުންނާ ގުޅުން އޮތް ކަމަށާއި އޭނާ ބޭނުންވީ ގައުމަށް ހަމަނުޖެހުން ގެނެސް، ރާޖަޕަކްސަ އާއިލާއަށް އަލުން ވެރިކަމަށް އާދެވޭނެ ގޮތް ހެދުން ކަމަށެވެ.

އެ ޑޮކިޔުމެންޓްރީއަށް ދިން އިންޓަވިއުގައި ސަލޭ ބުނީ ހަމަލާދިން ވަގުތު އޭނާ ހުރީ ގައުމުން ބޭރުގައި ކަމަށެވެ. އެކަމަކު ކުރީގެ ސިފައިންގެ ވެރިޔާ ސަރަތު ފޮންސެކަ ޕާލަމެންޓުގައި ވިދާޅުވީ ގިނަ ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ސަލޭ ދަތުރުކޮށްފައިވާ ކަމަށެވެ.