Advertisement

ޖަޕާން އަތުން ބޮޑު ތަފާތަކުން ބަލިވެ ޖަރުމަނުގެ ކޯޗު ފްލިކަށް ޕްރެޝަރު

10 ސެޕްޓެންބަރު 2023 - 10:11 0


ޖަޕާން އަތުން ބޮޑު ތަފާތަކުން ބަލިވެ ޖަރުމަނުގެ ކޯޗު ފްލިކަށް ޕްރެޝަރު

10 ސެޕްޓެންބަރު 2023 - 10:11 0

ވުލްފްސްބާގް، ޖަރުމަނު (ސެޕްޓެމްބަރު 10) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ޖަޕާން އަތުން 4-1 އިން ޖަރުމަނު ބަލިވިއިރު، އެ ޓީމުގެ ކޯޗު ހަންސީ ފްލިކަށް އޮތް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

މިއީ ޖަރުމަނުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ހަތަރު ވަަނަ މެޗެވެ. އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޖަރުމަނުގައި ބާއްވާއިރު، ފްލިކަށް އެހާތަނަށް މަގާމުގައި ދެމިހުރެވިދާނެތޯ ޖަރުމަނުގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މުސްތަގުބަލާ ގުޅުވައިގެން އަމާޒުވި ސުވާލުގެ ޖަވާބުގައި ފްލިކް ބުނެފައިވަނީ ޖަރުމަނަށް އެންމެ ރަނގަޅު ކޯޗަކީ އޭނާ ކަމަށެވެ.

"ތެދެއް ބަލަން ތިބޭ މީހުންނަށް މި ފެންނަ ނަތީޖާތަކަށް ބަލާނަމަ އަހަރެން މި ދައްކާ ވާހަކަ ގަބޫލުކުރަން އުނދަގޫވާނެ. އެކަމަކު، ޔަގީންކަމާ އެކު އަހަންނަށް ބުނަން ކެރޭ މި މަގާމަށް، ޖަރުމަނު ފުޓްބޯޅައިގައި މި ވަގުތު ކުރަން ހުރި މަސައްކަތަށް އެންމެ ގާބިލު މީހަކީ އަހަރެން،" ކުރިން ޖަރުމަނު ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި ބަޔާން މިއުނިކްގެ ހެޑް ކޯޗުކަން ކޮށްފައިވާ ފްލިކް ބުންޏެވެ.

ޖަރުމަނުގެ ސާނޭ (ކ) އަތުން ޖަޕާންގެ މިޓޯމާ ބޯޅަ ހޯދަން މަސައްކަތްކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޖަރުމަނު ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ރުޑީ ވޮލާ ބުނެފައިވަނީ ނަތީޖާތަށް ގޯސް ނަމަވެސް އަވަސް އަރުވާލައިގެން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.

ވުލްސްވަގެން އެރީނާގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނިޓްގައި ޖަޕާނުން ލީޑުނެގީ ޖޫންޔާ އީޓޯ ޖެހި ގޯލުންނެވެ. އޭގެ އަށް މިނިޓް ފަހުން، ލެރޯއި ސާނޭ ވަނީ ގޯލެއް ޖަހައި ޖަރުމަަނަށް އެއްވަރުކޮށްދީފަ އެވެ. ނަތީޖާ ހަމަހަަމަވިތާ ތިން މިނިޓް ފަހުން ޖަޕާނުން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު ޖަހައިދިނީ އަޔާސޭ އުއޭޑާ އެވެ. ޖަޕާނުން ފަހު ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. އެ ގޮތުން، ލަނޑުުތައް ޖަހައިފައިވަނީ ޓަކޫމާ އަސާނޯ އާއި އާއޯ ޓަަނާކާ އެވެ.

ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނީ މިއީ ބޮޑު މޮޅެއް ނަމަވެސް އޭނާ އަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، ޖަޕާނުން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.