9 ސެޕްޓެންބަރު 2023 - 12:58 0
ނަޖާހު މަސްއޫދު
9 ސެޕްޓެންބަރު 2023 - 12:58 0
އއ. ރަސްދޫގައި ވޯޓުފޮށިތައް ކައިރީގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކޮށް އެ ރަށުގެ ފޮށިތަކަށް ވޯޓުލުން އަލުން ފަށައިފި އެވެ.
އއ. ރަސްދޫގައި ހުރި އަދަދު ގެ އޮބްޒާވަރު ބުނީ، އެ ހަމަނުޖެހުން ހިނގީ، ޕީޕީއެމްގެ ބައެއް އޮބްޒާވަރުންތަކެއް ވޯޓުލާ މަރުކަޒުން ބޭރުކުރަން އެންގި މައްސަލައެއްގަ އެވެ. އެ އޮބްޒާވަރުން ނުކުންނަން އެންގީ އޮބްޒާވަރުންގެ އިގުރާރާ ހިލާފުވެފައިވާތީ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވޯޓުލާ މަރުކަޒަރު ކައިރިއަށް ގޮސް ހިނގި ހަމަނުޖެހުން ފުލުހުން މިހާރު ކޮންޓްރޯލުކޮށްފައިވާއިރު، އެ ރަށުގެ ވޯޓުލުން މިހާރު ވަނީ އަލުން ފަށައިފަ އެވެ.
އަދަދުގެ އޮބްޒާވަރު ބުނި ގޮތުގައި، ވޯޓުލުން އަލުން ފެށީ ވޯޓު ލާ މަރުކަޒަށް އެއްވި މީހުންނާއި ޕީޕީއެއެމްގެ އޮބްޒާވަރުން ވެސް އެތަނުން ނެރެފަ އެވެ.
އެކަމާ ގުޅިގެން އެ ރަށުގައި ހުރި އިލެކްޝަންސް ކޮމިޝަނުގެ ފޯކަލް ޕޮއިންޓާ ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުން އެއްވި އެވެ.
އެ މީހުން ބޭރުކޮށްލުމުން ހިނގި ހަމަނުޖެހުން ހުއްޓުވަން އެ ވޯޓު ފޮށި ހުރި ސަރަހައްދަށް ފުލުހުން ގޮސް ވަނީ ވޯޓުލާ މަރުކަޒަށް މީހުން ވަނުމަށް ހުރަސް އަޅައިފަ އެވެ.
Comment