Advertisement

ބަޔަަކު ނުކުމެ ރަސްދޫގައި ވޯޓުލުން ހުއްޓުވައިފި

9 ސެޕްޓެންބަރު 2023 - 12:11 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

އއ. ރަސްދޫ ވޯޓު ފޮށި ކައިރީގައި ފުލުހުން: އެ ފޮއްޓަށް ވޯޓުލުން ވަނީ ވަގުތީ ގޮތުން ހުއްޓިފައި


ބަޔަަކު ނުކުމެ ރަސްދޫގައި ވޯޓުލުން ހުއްޓުވައިފި

9 ސެޕްޓެންބަރު 2023 - 12:11 0

އއ. ރަސްދޫގައި ވޯޓުލަމުން ދަނިކޮށް ހަމަނުޖެހުމެއް ހިނގައި އެ ރަށު ވޯޓު ފޮށްޓަށް ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އއ. ރަސްދޫގައި ހުރި އަދަދު ގެ އޮބްޒާވަރު ބުނީ، އެ ހަމަނުޖެހުން ހިނގީ، ޕީޕީއެމްގެ ބައެއް އޮބްޒާވަރުންނަށް ފާސް ނުލިބުނު މައްސަލައިގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެ ރަށުގެ ފޮށްޓަށް ވޯޓުލުން ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.

އެކަމާ ގުޅިގެން އެ ރަށުގައި ހުރި އިލެކްޝަންސް ކޮމިޝަނުގެ ފޯކަލް ޕޮއިންޓާ ދެކޮޅަށް ޕީޕީއެމްގެ ސަޕޯޓަރުން އެއްވި އެވެ.

އެ މީހުން ބޭރުކޮށްލުމުން ހިނގި ހަމަނުޖެހުން ހުއްޓުވަން އެ ވޯޓު ފޮށި ހުރި ސަރަހައްދަށް ފުލުހުން ވެސް ވަނީ ގޮސްފަ އެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވޯޓުލާ މަރުކަޒަށް ވަންނަ ދޮރު ކުރިމަތީގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.