Advertisement

ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހަދަން ފައިސާ ދައްކައިފި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށަނީ

8 ސެޕްޓެންބަރު 2023 - 15:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފ. ނިލަންދޫ : ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހެދުމަށް ފައިސާ ދައްކައިފި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ - ފޮޓޯ: ފައިލް


ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހަދަން ފައިސާ ދައްކައިފި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށަނީ

8 ސެޕްޓެންބަރު 2023 - 15:28 0

ފ. ނިލަންދޫ ފަޅުތެރޭގައި ދެ ރިސޯޓެއް ހަދަން ކުންފުންޏަކާއެކު ކޮންޓްރެކްޓު ހަދާ ދައްކަން ޖެހޭ ފައިސާ ވެސް ދައްކާފައިވާ ކަމަށާއި އެ ދެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނުގައި މިއަދު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއަށް ހަދަންޖެހޭ ސާވޭތައް ވެސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށެވެ.

"އިތުބާރު ކުރެވޭ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރެވިފަ ވަނީ، އީއައިއޭގެ މަސައްކަތް ނިމުމާއެކީގަ މި ފަޅުތެރޭގައި އެ މަސައްކަތް ފެށިގެންދާތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަޅުތެރޭގައި ތަރައްގީކުރެވޭ ދެ ރިސޯޓާއެކު ނިލަންދޫގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވި، ވިޔަފާރީގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި، މިއީ ނިލަންދޫގެ ތަރައްގީއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

ނިލަންދޫއަށް ވެވަޑައިގެންނެވި ވައުދުތައް

  • ފުލެޓު ނުވަތަ ރޯހައުސް އެޅުން
  • މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
  • އެ ރަށުގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލު އިތުރަށް ތަރައްގީކުރުން
  • ކައުންސިލަށް އާ އިމާރާތެއް

ދަރަނބޫދޫއަށް ވެވަޑައިގެންނެވި ވައުދުތައް

ރައީސްގެ މި ދަތުރުފުޅުގައި ދަރަނބޫދުއަށް ވަޑައިނުގެންނެވި ނަމަވެސް ނިލަންދޫގައި ހުންނަވާ އެ ރަށަށްވެސް ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އެގޮތުން

  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ފުޓްބޯޅަ ދަނޑު
  • ހެލްތު ސެންޓަރު އިތުރަށް ތަރައްގީކުރުން
  • ކުނި މެނޭޖުކުރުމުގެ ނިޒާމު ގާއިމުކުރުން