Advertisement

ސ. ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

7 ސެޕްޓެންބަރު 2023 - 13:37 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހިތަދޫގައި 200 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ސ. ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

7 ސެޕްޓެންބަރު 2023 - 13:37 0

ސ. ހިތަދޫގައި 200 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓު ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭޕީ ވިތް ބީވާ ބިލްޑާސް ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޝްތާގު އިބްރާހިމެވެ.

ޖުމްލަ .214،852،500.00ރ. އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަދާ 11 ބުރީގެ ދެ އިމާރާތުގެ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ހައުސިން ޔުނިޓްތަކުގެ ތިރި ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީހާއި ޕާކިން ޖާގައިގެ ގޮތުގަ އެވެ.

އައްޑޫގައި 200 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދން ހައުސިން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.