Advertisement

ރައީސް ވައްކަން ނުކުރައްވާނެކަން މަރު ގައިމުހާ ކަށަވަރު: ފަޒްނާ

7 ސެޕްޓެންބަރު 2023 - 13:20 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ސޯލިހާއި ފަސްޓްލޭޑީ އެކުގައި ކުމުންދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: ފަޒްނާ ވިދާޅުވީ، ހިޔާނާތެއް ނުވަތަ ވައްކަމެއް ކޮށްގެން އިބޫއަށް ތުހުމަތެއް ނުވަތަ އަދަބެއް ދޭން ޖެހޭނެ އެއްވެސް ހާލަތެއް ނާންނާނެކަން ޔަގީންކަމަށް -- ފޮޓޯ: ރައީސް އޮފީސް


ރައީސް ވައްކަން ނުކުރައްވާނެކަން މަރު ގައިމުހާ ކަށަވަރު: ފަޒްނާ

7 ސެޕްޓެންބަރު 2023 - 13:20 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތްތެރިވެ، ދައުލަތުން ވައްކަން ނުކުރައްވާނެކަން، މަރުވާނެކަން ޔަގީންވާ މިންވަރަށް ޔަގީންވެވަޑައިގަންނަވާ ކަމަށް އަނބިކަނބަލުން، ފަސްޓުލޭޑީ ފަޒްނާ އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ކެންޑިޑޭޓުން އެމީހުންގެ ވެރިކަމެއްގައި ރައީސް ސޯލިހު ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް ބުނަމުން ދާތީ، އެކަމާ ހާސްވެ ބިރުގަނޭތޯ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒްނާ ވިދާޅުވީ ރައީސް ސޯލިހު ވައްކަމެއް އަދި ހިޔާނާތުގެ އަމަލެއް ނުކުރައްވާނެ ކަމަށެވެ.

އަދި އެފަދަ ކަމެއްގައި އެމަނިކުފާނު ހައްޔަރުކޮށް ޖަލަށް ލާން ޖެހިދާނެކަމަށް ކުޑަކޮށް ވެސް ހީނުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑަށް ހަމަ ވަރަށް ޔަގީން ރައީސް އިބޫ ހިޔާނާތްތެރިވެގެން ޖަލަށް ހަމަ ނުލާނެކަން. ދެން ކީކޭތޯ ދަންނަވާނީ، އަޅުގަނޑަށް މަރުޔަގީންހާ ޔަގީން އިބޫ ވައްކަމެއް ނުކުރައްވާނެކަން،" ފަޒްނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު ކައިވެންޏަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު ފަޒްނާ ވިދާޅުވީ ރައީސް ހިޔާނާތްތެރިވެ ވައްކަން ނުކުރާނެ ކަމަކީ އެންމެ ބޮޑަށް ޔަގީން ކުރައްވާ ކަންތައް ކަމަށެވެ.

"އެކަމުގަ ޖަލަށް ލާނެއެކޭ އަޅުގަނޑު ހިތަކަށް ނާރާ މީހަކު ރުޅިއައިސްގެން، ގާނޫނުތަކާ އެއްޗިހި އޮތް ގޮތުން ދުރު ދެއްތޯ އެކަހަލަ ކަމެއް ވުން. އެކަހަލަ ޑިކްޓޭޓާޝިޕެއް އައިސްފިއްޔާ ދެން ނޫންކަމެއް ވެސް ނޭނގެ. ދެން [ޖަލަށް] ލައިފިއްޔާ ވަރަށް ދެރަވާނެ، އުމުރުގަ ވެސް ވަރަށް ދުވަސްވެފަތާ އޭރު ހުންނާނީ،" ފަޒްނާ ވިދާޅުވި އެވެ.

އިންޓަވިއުގައި ފަޒްނާ އެންމެ ބޮޑަށް ފާހަގަކުރެއްވީ ރައީސް އަކީ ދެއްކުންތެރި ބޭފުޅެއް ނޫން ކަމެވެ. އަދި އެމަނިކުފާނު ތަރައްގީއަށްޓަކާ ކޮށްދެއްވާ އެއްވެސް ކަމެއް ވެސް ދެއްކުމަށް ބޭނުންފުޅު ނުވާނެ ކަމަށާއި، އެއީ ހަގީގަތުގައި ވެސް ރައީސްގެ މިޒާޖުފުޅުގައި ހިމެނޭ ކަމެއް ކަމަށް ފަޒްނާ ޔަގީންކޮށްދެއްވި އެވެ.

"އިބޫ ބޭނުމެއް ނުވޭ ކޮންމެހެން އިބޫ ކުރާ ކަންތައް ޝޯކޮށްގެން ތިމަންނައޭ އެކަން ކުރީ މިކަން ކުރީ [ދައްކާކަށް]. އެ ފެންނާނެދޯ ތިބޭފުޅުންނަށް، މީހަކަށް ހެދިގެންނެއް އެހާ ދުވަހަކު، ފަސްއަހަރަކު ނޫޅެވޭނެތާ ދެއްތޯ،" ފަޒްނާ ވިދާޅުވި އެވެ.