Advertisement

ދިރާގުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ކޮންފަރެންސްއަށް އެހީތެރިކަން ފޯރުކޮށްދީފި

7 ސެޕްޓެންބަރު 2023 - 14:12 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދިރާގުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ކޮންފަރެންސްއަށް އެހީތެރިކަން ފޯރުކޮށްދީފި -- ފޮޓޯ: ދިރާގު


ދިރާގުން އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ކޮންފަރެންސްއަށް އެހީތެރިކަން ފޯރުކޮށްދީފި

7 ސެޕްޓެންބަރު 2023 - 14:12 0

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތު (އެންސީއެމްއެޗް) އިން އިންތިޒާމުކޮށްގެން ބާއްވާ "އޮއެވަރު" މެންޓަލް ހެލްތު ކޮންފަރެންސްއަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 15، އިން 16ގެ ނިޔަލަށެވެ. މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޗޭންޖިނ ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އެވެ.

"އޮއެވަރު" ކޮންފަރެންސަކީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އެ އިވެންޓްގެ މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމެވެ.

އެ ކޮންފަރެންސްގައި މެންޓަލް ހެލްތް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކަށް އެއްތަނެއްގައި މުއާމަލާތްކޮށް، އެކަކު އަނެކަކުގެ ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ އިވެންޓުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ އެންމެ ފަހުގެ ދިރާސާތަކާއި އިޖާދީ އުކުޅުތަކާ ބެހޭ ގޮތުން އެކި އެކަޑެމިކް ޕްރެޒެންޓޭޝަންތައް އަދި މިހާރު ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން، އެވިޑެންސް ބޭސްޑް ސިޔާސަތުތަށް ގާއިމްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކީނޯޓް ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ އެފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ހޯދައިދޭ ތަފާތު ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށް ކަމަށެވެ.