Advertisement

ދަނގެތީގެ ބަނދަރާއި ސިނާއީ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

6 ސެޕްޓެންބަރު 2023 - 21:58 0

އަމަން ހަލީމް

އަމަން ހަލީމް

އދ. ދަނގެތި: ދަނގެތީގައި ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އިންޑަސްޓްރިއަލް ޒޯނެއް ހަދާނެ -- ފޮޓޯ/ވިސިޓް ދަނގެތި


ދަނގެތީގެ ބަނދަރާއި ސިނާއީ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

6 ސެޕްޓެންބަރު 2023 - 21:58 0

އދ. ދަނގެތީ ބަނދަރު ބޮޑު ކުރުމާއި އިންޑަސްޓްރިއަލް ޒޯނަށް ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރުން 78.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޒޯނަށް 3.3 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. ބަނދަރު ފުން ކުރަނީ އެ ސަރަހައްދަށް ދޯނި ގާތްކުރެވޭ ގޮތަށް ހެދުމަށެވެ.

ދަނގެތީގައި ކުރަން ހަމަޖެހިފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ބަނދަރު ފުން ކުރުން
  • އައު ބަނދަރު ފުން ކުރުން
  • ނެރު ފުން ކުރުން
  • މޫދަށް އެރޭ ސަރަހައްދު ފުން ކުރުން
  • ރިވެޓްމަންޓް ޖެހުން

މި މަޝްރޫއުގެ މަސައްކަތްތައް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ 450 ދުވަހެވެ.

ދަނގެތީގައި ހިންގާ މަޝްރޫއުގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ ބ. ކަމަދޫ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އެމްޓީސީއާ މިއަދު ހަވާލުކޮށްފަ އެވެ.

ގާތްގަނޑަކަށް ހަ މަސް ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން ކަމަދޫ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިރާ ސަރަހައްދުގައި 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓާ ޖަހަން ހަމަޖެހިފައި ވެ އެވެ. މިއީ 24.4 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެކެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.