Advertisement

ވަޒީފާގައި ތިބެ ޑިގްރީ ހެދި ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަނީ

6 ސެޕްޓެންބަރު 2023 - 13:33 3

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވަޒީފާގައި ތިބެ ޑިގްރީ ހެދި ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަނީ

6 ސެޕްޓެންބަރު 2023 - 13:33 3

ވަޒީފާގައި ތިބެ، ޑިގްރީ ނިންމި ޓީޗަރުންގެ ރޭންކް މަތިކޮށް މުސާރަ ބޮޑުކުރަން އެކަމާ ބެހޭ މިންގަނޑު، ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ފޮނުވި ސިޓީގައި ބުނީ ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ ޓީޗަރުން ޑިގްރީ ހާސިލުކުރުމުން ޕަބްލިކް ސާވިސް 7 އަށް ބަދަލުކުރުމުގެ މިންގަނޑު އެ ސިޓީއާ އެކު ފޮނުވާފައިވާނެ ކަމަށެވެ. އެ މިންގަނޑާ އެއްގޮތަށް ސްކޫލްތަކުގެ ސްޓާފް ރިކުއާމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ބަދަލުތައް ފާސްކުރަން، އެކޮމިޝަނަށް ހުށަހަޅަން ވެސް ސިޓީގައި އެދިފައި ވެ އެވެ.

"...އަދި ރިކުއާމަންޓް ފާސްވުމުން، މި މިންގަނޑުގެ ތެރެއިން އުފައްދަން ޖެހޭ މަގާމުތައް އުފެއްދުމަށް ކޮމިޝަނަށް ހުށަހަަޅައި، މަގާމުތައް އުދެއްދުމުން، މިހިނގަމުންދާ ސެޕްޓެމްބަރުމަހުގެ ތެރޭގައި އިންޓާނަލީ އިއުލާނުކޮށް ، ޓީޗަރުންގެ މަގާމު ބަދަލުކުރުމުގެ މަސައްކަތް ސްކޫލްތަކާ ގުޅިގެން ތިޔަ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް އެދި ދެންނެވީމެވެ،" ސިވިލް ސާވިސްކޮމިޝަނުން ފޮނުވި ސިޓީގައި ބުންޏެވެ.

ޑިޕްލޮމާއާ އެކު ސްކޫލްތަކަށް ނުކުތް ޓީޗަރުންގެ މިހާރުގެ ރޭންކް ކަމަށްވާ "ރޭންކް 5" އަށް މިހާރު މުސާރައިގެ ގޮތުގައި ދެނީ 13،266ރ. އެވެ. ޑިގްރީ ފުރިހަމަކޮށް، އެ ޓީޗަރުން ރޭންކް 7 އަށް ބަދަލުވުމުން މުސާރައިގެ ގޮތުގައި 19،467ރ. ލިބޭނެ އެވެ.