Advertisement

މިދިޔަ މަހު 4،837 ކޮންޓެއިނަރުގެ ޕެރިޝަބަލް މުދާ ކްލިއާކޮށްފި

6 ސެޕްޓެންބަރު 2023 - 10:56 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މާލެ ވިޔަފާރި ބަނދަރު -- ފޮޓޯ: އަދަދު


މިދިޔަ މަހު 4،837 ކޮންޓެއިނަރުގެ ޕެރިޝަބަލް މުދާ ކްލިއާކޮށްފި

6 ސެޕްޓެންބަރު 2023 - 10:56 0

މިދިޔަ އޮގަސްޓް މަހު 4،837 ކޮންޓެއިނަރުގެ ޕެރިޝަބަލް ގުޑްސް ނުވަތަ ފަސޭހައިން ހަލާކުވާ ބާވަތުގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާކޮށްފި އެވެ.

އެމްޕީއެލުން ބުނީ ކްލިއާ ކޮށްފައި ވަނީ 20 ފޫޓުގެ 2،808 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،029 ކޮންޓެއިނަރު ކަމަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 154 ކޮންޓެއިނަރުގެ ޕެރިޝަބަލް މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުގެ ދައްކަ އެވެ. މިއީ މިދިޔަ ޖުލައި މަހަށް ބަލާއިރު ފަސް ޕަސެންޓު ދަށް އަދަދެކެވެ. ޖުލައި ވަނީ ދުވާހަކު ޕެރިޝަބަލް މުދަލުގެ 164 ކޮންޓެއިނަރު ކްލިއާކޮށްފަ އެވެ.

އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު

  • ކަރާ: 26،248
  • ދޮންކެޔޮ: 9،748
  • ބަރަބޯ: 3،271
  • އަލަނާސި: 7،488
  • ކެބެޖު: 12،551
  • ފިޔާ: 45،046
  • އަލުވި: 21،362
  • ޓޮމާޓޯ: 11،946
  • ބިސް: 57،609

ޖުލައި މަހަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު އެތެރެކޮށްފައިވާ ޕެރިޝަބަލް މުދަލުގެ އަދަދު ޖުމްލަ ގޮތެއްގައި ދަށެވެ. އަލަނާސި އެތެރެކޮށްފައިވާ މިންވަރު އަދި ޓޮމާޓޯ އެތެރެކޮށްފައިވާ މިންވަރު ހަތަރު ޕަސެންޓް ދަށްވެފައިވާއިރު، އަލުވި ހަ ޕަސެންޓޮ، ބިސް ދެ ޕަސެންޓް އަދި ފިޔާ އެތެރެކޮށްފައިވާ މިންވަރު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މިދިޔަ އޮގަސްޓު މަހު 16 ކޮންޓެއިނަރު ބޯޓާއި 19 ކޮންވެންޝަނަލް ބޯޓު ވަނީ ޕެރިޝަބަލް މުދާ ހިފައިގެން ރާއްޖެ އައިސްފަ އެވެ.