Advertisement

ބޯޓިން އެސޯސިއޭޝަންގެ ރައީސް، ހައި ރައިޒް އިއްސެ އެމްޑީޕީއާ ގުޅިއްޖެ

6 ސެޕްޓެންބަރު 2023 - 09:35 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެންބީއޭއެމްގެ ރައީސް އިސްމާއީލް ހަމީދް (ހައި ރައިޒް އިއްސެ) އެމްޑީޕީއާއި ގުޅިއްޖެ-- ފޮޓޯ: ސޯޝަލް މީޑިއާ


ބޯޓިން އެސޯސިއޭޝަންގެ ރައީސް، ހައި ރައިޒް އިއްސެ އެމްޑީޕީއާ ގުޅިއްޖެ

6 ސެޕްޓެންބަރު 2023 - 09:35 1

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއީލް ހަމީދް (ހައި ރައިޒް އިއްސެ) އެމްޑީޕީއަށް ސޮައިކުރައްވައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އިއްސެ ވިދާޅުވީ، މިވަގުތު ދެ ވަނަ ދައުރަކަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހޮވުމަކީ ވަރަށް މުހިންމު ކަމަށް އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ފާއިތުވެދިޔަ ފަސް އަހަރު ވަރަށް ހަމަޖެހިގެން އުޅެވުނު ކަން އިއްސެ ފާހަގަކުރެއްވި އެވެ.

"ފުރަތަމަ ކަމަކީ ވަރަށް ހަމަޖެހިގެން މިދިޔަ ފަސް އަހަރު އުޅެވުން. މާލޭގެ އިތުރުން ރާއްޖެތެރޭގަ ހުރިހާ އެންމެނަށް ވެސް، ވިޔަފާރިވެރިންނަށް ވެސް ވަރަށް ހަމަޖެހިގެން އުޅެވުނު،" އެމްޑީޕީ އަދި ރައީސް ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގަތް ސަބަބު ހިއްސާ ކުރަވަމުން އިއްސެ ވިދާޅުވި އެވެ.

އިއްސެ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަށް އިތުރު ފަސް އަހަރު ލިބިއްޖެ ނަމަ އިގުތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށެވެ. އަދި އިއްސެ ފަދަ އަމިއްލަ ވިޔަފާރިކުރާ މީހުންނަށް މި ވިކަމުގައި މުހިއްމު ފައިދާތަކެއްވި ކަމަށާއި، އެމްޑީޕީއަށް ވުރެ ބޮޑަށް ތާއީދުކުރައްވަނީ ރައީސް ސޯލިހަށް ކަމުގައި ފާހަގަކުރެއްވި އެވެ.

"އަސްލު އެމްޑީޕީއަށް ވުރެ ބޮޑަށް އިބޫއަށް އިނގޭތޯ ސަޕޯޓު މި ކުރީ. އަޅުގަނޑު ހަމަ ހިތުގެ އަަޑިން އިބޫ ދެ ވަނަ ދައުރަކަށް ރައީސްކަށް ހުންނަން ބޭނުންވާތީ ސަޕޯޓު ކުރީ،" އިއްސެ ހިއްސާކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސް ސޯލިހު ގައުމު ހިންގެވި ގޮތަށް އިއްސެ ތައުރީފުކުރެއްވި އެވެ. އެގޮތުން ޓޫރިޒަމް އިންޑަސްޓްރީ ހުޅުވާލާ ރާއްޖެ ދުނިޔޭގެ އެއްވަނަ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ރައީސް ސޯލިހުގެ ސަރުކާރާއި އެމަނިކުފާނަކީ ވެސް ދުނިޔެއަށް ނަމޫނާ އެއް ކަމުގައި އިއްސެ ވިދާޅުވި އެވެ.

"ކޮވިޑް ތެރޭގަ ޓޫރިޒަމް އިންޑަސްޓްރީ ހުޅުވާލާ ރާއްޖެ ދުނިޔޭގެ އެއްވަނަ ގައުމުތަކުގެ ތެރޭގަ ބޭއްވުމަށް މި ސަރުކާރާއި އިބޫއަކީ ދުނިޔެއަށް މޮޑެލްއެއް އިނގޭތޯ،" އިއްސެ ފާހަގަކުރެއްވި އެވެ.

އިއްސެ ވިދާޅުވީ، ރައީސް ސޯލިހަކީ ވަކި ޕާޓީއެއްގެ މީހަކަށް ނުބަލައި އެންމެނާއެކީ ވެސް މަސައްކަތް ކުރަން ދަންނަ ވެރިއެއް ކަމަށެވެ. އަދި ރައީސްގެ ކެމްޕެއިނުގައި އިއްސެ ބޮޑަށް ހަރަކާތްތެރިވަނީ މީޑިއާ ބައިގައި ކަން ފާހަގަކުރެއްވި އެވެ.