Advertisement

އެންތަނީ ބްރެޒިލްގެ ސްކޮޑުން ބާކީކޮށްފި، ޔުނައިޓެޑުން ވެސް ފިޔަވަޅު އަޅާފާނެ

6 ސެޕްޓެންބަރު 2023 - 10:06 0


އެންތަނީ ބްރެޒިލްގެ ސްކޮޑުން ބާކީކޮށްފި، ޔުނައިޓެޑުން ވެސް ފިޔަވަޅު އަޅާފާނެ

6 ސެޕްޓެންބަރު 2023 - 10:06 0

ސައޮ ޕޯލޯ (ސެޕްޓެމްބަރު 6) - ގެވެށި އަނިޔާގެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ ބްރެޒިލްގެ ގައުމީ ޓީމުން މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، އެންތަނީ ބާކީކޮށްފި އެވެ.

ބްރެޒިލްގެ ފުޓްބޯލް ފެޑަަރޭޝަން އިން ބުނީ އެންތަނީ، 23، ބްރެޒިލްގެ ސްކޮޑުން ބާކީކުރީ އޭނާގެ ކުރީގެ ލޯބިވެރިޔާ އޭނާ އަށް އަމާޒުކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން ކަމަށެވެ.

އެންތަނީގެ ކުރީގެ ލޯބިވެރިޔާ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަފްސީލު ބްރެޒިލްގެ ބައެއް މީޑިއާތަކުން ވަނީ ހޯމަ ދުވަހު އާންމުކޮށްފަ އެވެ. ސައޮ ޕޯލޯގެ ފުލުހުންނާއި މެންޗެސްޓާގެ ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކަމަކު، އެންތަނީ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

"އެއްވެސް ފިކުރަކާ ނުލައި އަހަންނަން ކެރޭނެ އަހަރެންގެ ކުށެއް ނެތްކަން. މިހާރު ހުރި ހެކިތަކާއި ތަހުގީގުން ލިބޭ ހެކިތަކުން އެކަން ސާބިތުވާނެ،" އެންތަނީ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އެންތަނީގެ ކުރީގެ ލޯބިވެރިޔާ ގެބްރިއެލާ ކަވަލިން ތުހުމަތުކުރާ ގޮތުގައި އެންތަނީ ވަނީ މި އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާގެ ހޮޓަލެއްގެ ތެރޭގައި އޭނާ އަށް ހަަމަލާދީފައެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން އެންތަނީ ބުނީ ގެބްރިއެލާ ގިނަ މައްސަލަތަކެއް ޖެހުނު ނަމަވެސް، ދުވަހަކުވެސް އަތް އިސްކޮށްފައިނުވާނެ ކަމަށެވެ.