Advertisement

އަޅުގަނޑު ކައިރީގައި ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކު ނެތް: ގާސިމް

3 ސެޕްޓެންބަރު 2023 - 23:24 2

އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަޅުގަނޑު ކައިރީގައި ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކު ނެތް: ގާސިމް

3 ސެޕްޓެންބަރު 2023 - 23:24 2

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓޫންގެ ތެރޭގައި އެ މަނިކުފާނާ ފަތިގަނޑު ފިރުކާ ލެވޭނެ ކެންޑިޑޭޓަކު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑު ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި، އެންމެ ބޮޑު ދެ ޕާޓީ ފެއިލްވެފައިވާ ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ނުދޭން ގާސިމް ގޮވާލެއްވި އެވެ.

ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ގެންދަން ބޭނުން ވާނަމަ، އިސްލާހު ކުރަން ބޭނުންކަމުގައި ވާނަމަ، މިނިވަންކަން ދަމަހައްޓަން ބޭނުންވާ ވާނަމަ، އިސްލާމްދީނާއި އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަހުލާގު ދަމަހައްޓަން ބޭނުންވާނަމަ، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރަން ބޭނުން ވާނަމަ އޭނާ އަށް ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ،

"މި ވާހަކަ އަޑުއައްސަވާފައި ވޯޓު ނުލައްވައި ދޫކޮށްލެއްވީމާ ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވެރިކަމަށް ހޮއްވަވައިފި ނަމަ އައްޑު އަތޮޅަށް ރޯޝަނީކަން ގެނެސްދޭނަ ކަމަށް ގާސިމް ވިދާޅުވި އެވެ. ޓޫރިޒަމް ތަރައްގީ ކުރާނެ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އަލުން ހުޅުވާނެ ކަމަށެވެ.

ގާސިމް އިބްރާހިމް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިޔަފާރި ކުރަމުން ގެންދާ އެއް މަހުޖަނެވެ.