Advertisement

ވިނަރެސް ފްލެޓު ލިބުނު މީހުންގެ އާމްދަނީ ސާބިތުކުރުމަށް ފަސޭހަ އުސޫލެެއް

3 ސެޕްޓެންބަރު 2023 - 12:57 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ވިނަރެސް ފްލެޓުތައް: މިތަނުގައި ހުންނަނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ވިނަރެސް ފްލެޓު ލިބުނު މީހުންގެ އާމްދަނީ ސާބިތުކުރުމަށް ފަސޭހަ އުސޫލެެއް

3 ސެޕްޓެންބަރު 2023 - 12:57 0

ވިނަރެސް މަޝްރޫއު އިން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިބި އެންމެނަށް ފްލެޓު ލިބުން ކަށަވަރުކުރުމުގެ ގޮތުން އާބަންކޯ އިން އިތުރު ފަސޭހަ އުސޫލުތަކެއް ކަނޑައަޅައިފި އެވެ.

އާބަންކޯ އިން ބުނީ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން ދިގު މުއްދަތަށް ފައިސާ ބަހާލައިގެން ދައްކާ އުސޫލު (ލީސް ޓު އޯން) މޮޑެލްގެ ދަށުން މިހާތަނަށް މާލީ ގާބިލުކަން ސާބިތުކޮށްދެވިފައި ނުވާ ފަރާތްތަކުގެ އާމްދަނީ ސާބިތުކުރުމަށް އިތުރު ފުރުސަތެއް ހޯދައިދީ ލުއިތަކެއް ދިނުމުގެ ގޮތުން އިތުރު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތާއި އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ފަރާތްތަކުން އެ ރިޕޯޓް ހުށަހަޅުމުގެ ފުރުސަތާއި އެލިޖަބަލް އީއެމްއައި (އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް) ސާބިތުނުވާ ފަރާތްތަކުން ފޯމު މެދުވެރިކޮށް ގެރެންޓާ އެއް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ލީސް ޓު އޯން މޮޑެލްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ ގިނަ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމަކީ މާލީ ގާބިލުކަން ސާބިތުކުރުމެވެ. ނަމަވެސް މި ބަދަލާއެކު ވިނަރެސް ފްލެޓް ލިބޭ ލިސްޓުގައި ނަން އޮތް ހުރިހާ ފަރާތަކަށް ފްލެޓު ކަށަވަރު ކުރެވޭނެ އެވެ.

އާބަންކޯއިން ބުނީ މިގޮތަށް ބަދަލު ގެނެސް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އަދި ގެރަންޓާ އެއް ހަމަޖައްސާއިރު އެ ގެރެންޓާގެ ކްރެޑިޓް ރިޕޯޓާއި އެކު އާއިލީ ގުޅުން ނެތް ފަރާތްތައްވެސް ހަމަޖެއްސޭނެ ކަމަށާއި މާލީ ގާބިލުކަން ކަށަވަރުކުރުމަށް ބޭނުންވާ ފޯމުތައް ފުރުމަށްވެސް އާބަންކޯގެ ޓީމްތަކުން އެހީތެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް އާބަންކޯއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ހިޔާ މަޝްރޫއާއި ސީލައިފް އަދި ގުޅީފަޅުން ބަދަލުވި ފަރާތްތަކަށް މިހާރު ތަޅުދަނޑި ހަވާލު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީ އިން އެކުލަވާލައިފައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

އަދި މާލީ ގާބިލުކަން ކަށަވަރު ކުރަން ދިން މި ފުރުސަތުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އޮކްޓޯބަރު މަހުގެ ނިޔަލަށް އާބަންކޯއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.