ރިޔާސީ ބަހުސް: ހާރިޖީ ސިޔާސަތާމެދު ރައީސް ސޯލިހާއި މުއިއްޒުގެ ޖަވާބު

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެންމެ ބޮޑު ސިޔާސީ ދެ ޕާޓީގެ މެދުގައި ހާރިޖީ ސިޔާސަތުގައި ފަރަގުތަކެއް އޮތްއިރު، ވެރިކަން ލިބިވަޑައިގެންފި ނަަމަ ޗައިނާއާއި އިންޑިއާ އާއެކު އޮންނާނެ ސިޔާސީ ގުޅުމާމެދު، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭގެ ރިޔާސީ ބަހުސްގައި ޖަވާބު ދެއްވައިފި އެވެ.

އިދިކޮޅު މައި ކޯލިޝަންގެ ކެންޑިޑޭޓު މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅުއްވާނީ ދިވެހިން އިސްކުރާ ސިޔާސަތު ކަމަށެވެ. ދިވެހިންގެ 'ގޯތީގެ އިންފާރު' ގެ ތެރެއަށް ނުވަންނަ ކަމުގައިވާ ނަމަ ކޮންމެ ގައުމަކާ އެކުވެސް ގާތް ގުޅުން ބާއްވަވާނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މި ފެންނަނީ މިދެންނެވި އިން، އަޅުގަނޑު ދެންމެ މިދެންނެވި އިމުގެ ތެރެއަށް ވަދެފަ އޮތް ތަން. އެހެންވީމަ އެކަން ބަދަލުވާންޖެހޭ، އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް، އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ކޮންމެ ގައުމަކުންވެސް ޖެހޭނެ އިހުތިރާމުކުރަން،"މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ނަން އެއްވެސް ގޮތަކަށް ވިދާޅުނުވެ މުއިއްޒު ވަނީ ރާއްޖޭގެ އެތެރޭގެ ކަންކަމާ ބަސްނުބުނެ، އަމިއްލަވަންތަކަށް އިހުތިރާމުކުރާ ގައުމަކާއެކުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ނަމަވެސް، ރައީސް ސޯލިހުގެ ހާރިޖީ ގުޅުމާމެދު ދެއްވީ ސީދާ ޖަވާބުތަކެކެވެ. އެގޮތުން އެމަނިކުފާނުގެ ސިޔާސަތަކީ 'އިންޑިއާ ފަސްޓު އަދި ވަން ޗައިނާ' ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، "ހެނދުނު ފުރައްސާރަކޮށް ހަވީރު ފިރުމާ ގޮތަށް އޮތް ސިޔާސަތެއް ނޫން" ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނުގެ ބަހުގެ ހަމަލާ އެ އިޝާރާތް ކުރެއްވީ މުއިއްޒު އަށް ނުވަތަ ޕީޕީއެމްގެ ހާރިޖީ ސިޔާސަތަށެވެ.

ރައީސް ސޯލިހު ފާހަގަ ކުރެއްވި ގޮތުގައި ޗައިނާއާއެކު މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން ގެންދެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފަހު ޗައިނާއާއެކު އޮތް ގުޅުން ކުޑަ ކަމަށް ބުނާ ބުނުން ރައީސް ވަނީ ދޮގުކުރައްވާފަ އެވެ.

"ޗައިނާއާ އެކީގަ އޮތް ގުޅުން ވަރަށް ރަނގަޅު، މިހާރު ވެސް ބައިވަރު އެހީތައް ޗައިނާގެ ފަރާތުން އެބަ ލިބޭ، މިހާރު އައްޑޫގައި އަޅުގަނޑުމެން ހިންގަން މިއުޅޭ ޓޫރިޒަމް ޕްރޮޖެކްޓަކީ ޗައިނާގެ ކުންފުންޏަކުން ހިންގާ ޕްރޮޖެކްޓެއް،" ރައީސް ވިދާޅުވި އެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރީ އެ މަޝްރޫއަކީ އެގްޒިމް ފައިނޭންސްގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވުމުން، އެފަދަ ފައިނޭންސްގެ ދަށުން ހިންގާ މަޝްރޫއުތައް ފައިނޭންސް ކުރާ ގައުމުގެ ކުންފުންޏަކަށް ދޭން އޮންނާތީ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ހާރިޖީ ގޮތުން ހޯދި ކާމިޔާބީތައްވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން، 180 އަށްވުރެ ގިނަ ގައުމާއެކު ހާރިޖީ ގުޅުން ގާއިމުކުރުމާއި ވިސާއާ ނުލާ 80 ގައުމަށް ތަދުރުކުރެވޭ ގޮތް ހެދުމާއި އަރަބި ގައުމުތަކާއި ކޮމެންވެލްތާއެކު ޔާމީނުގެ ސަރުކާރުން ކަނޑާލި ގުޅުން އަލުން ގާއިމުކުރިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް އާއި މުއިއްޒުގެ ޖަވާބުތަކަށްފަހު، ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް، ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރު ވަނީ މި ސަރުކާރުން އިންޑިއާއެކު ބާއްވާ ހާރިޖީ ގާތް ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox