Advertisement

ސައުދީން ހުށަހެޅި 164 މިލިއަން ޑޮލަރަށް ސަލާހް ވިއްކަން ލިވަޕޫލުން ބޭނުމެއްނުވި

3 ސެޕްޓެންބަރު 2023 - 06:56 0


ސައުދީން ހުށަހެޅި 164 މިލިއަން ޑޮލަރަށް ސަލާހް ވިއްކަން ލިވަޕޫލުން ބޭނުމެއްނުވި

3 ސެޕްޓެންބަރު 2023 - 06:56 0

ލިވަޕޫލް (ސެޕްޓެމްބަރު 3) - ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ގެންދަން ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުން 150 މިލިއަން ޕައުންޑް (164 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ހުށަހެޅި ނަމަވެސް ލިވަޕޫލުން ސަލާހް ވިއްކާލަން ބޭނުމެއްނުވިއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ސަލާހް ގެންދަންވެގެން އިއްތިހާދުން ލިވަޕޫލަށް ހުށަހެޅީ 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެކެވެ. އަދި "އެޑް އޮންސް"އާ އެކު ޓްރާންސްފާގެ ޖުމްލަ އަދަދު 150 މިލިއަން ޕައުންޑަށް (164 މިލިއަން ޑޮލަރު) އަށް އަރާނެ ކަމަށެވެ.

ލިވަޕޫލުން ވަނީ މީގެ ކުރިން ވެސް ސަލާހް ނުވިއްކާނެ ކަމަށް ބުނެފަ އެވެ. އަދި އިއްތިހާދުން ބޮޑު އަގެއް ހުށަހެޅި ނަމަވެސް، ލިވަޕޫލުން ގޮތް ދުލެއްނުކުރި އެވެ. ސަލާހް ،31، ލިވަޕޫލާ ގުޅުނީ 2017 ވަނަ އަހަރެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ލިވަޕޫލްގެ ކޮންޓުރެކްޓް އިތުރު ތިން އަހަރަށް އާކޮށްފައެވެ.

މިިދިޔަ ހަފުތާގައި މީޑިއާއާ ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސަލާހް ހުރީ ލިވަޕޫލަށް "100 ޕަސެންޓް ދީގެން" ކަމަށާއި ސަލާހް ނުވިއްކާނެ ކަމަށެވެ.

ޓޮޓެންހަމްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯސް ކޯޗުކޮށްދެމުން އަންނަ އަލް އިއްތިހާދުން ވަނީ މިހާތަނަށް ބެންޒެމާގެ އިތުރުން ޗެލްސީގެ ކުރީގެ މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އާއި ލިވަޕޫލްގެ ފަބީނިއޯ އެ ކުލަބަށް ގެނެސްފަ އެވެ.

ސެޕްޓެމްބަރު ހަތެއްގައި ސައުދީ އަރަބިއްޔާ އަށް ޓްރާންސްފާ ދޮރު ބަންދުވުމުގެ ކުރިން އެކުލަބުން އިތުރު ފޯވާޑެއް ގަންނާނެ ކަމަށް ބެލެވެ އެވެ. ސައުދީ ގެޒެޓް އިން ރިޕޯޓްކުރާ ގޮތުގައި އަލް އިއްތިހާދުން އަދިވެސް ސަލާހަށް އިތުރު ބިޑެއް ކުރުމުގެ ފުރުސަތު އެބައޮތެވެ.