Advertisement

އައިއޯއައިޖީ 2023: ނަބާހާ އާއި ނަބީހާ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފި

2 ސެޕްޓެންބަރު 2023 - 15:15 1

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދުމަށް ފަހު ނަބީހާ އާއި ނަބާހާ.--- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އައިއޯއައިޖީ 2023: ނަބާހާ އާއި ނަބީހާ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފި

2 ސެޕްޓެންބަރު 2023 - 15:15 1

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އާއި އާމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2019ގެ އައިއޯއައިޖީގައި ރިހި މެޑަލް ހޯދި ދެ ކުޅުންތެރިން މި ފަހަރުގެ ގޭމްސްގައި ރަން މެޑަލް ހޯދީ ފައިނަލުގައި މޮރީޝަސްގެ ކޮބީތާ ޑޫކީ އާއި ލޯނާ ބޮދާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 21-14 އަދި 21-15 އިންނެވެ.

މި އަހަރުގެ ގޭމްސްގެ ފައިނަލަށް ނަބާހާ އާއި ނާބީހާގެ ޕެއާ ދިޔައީ ސެމީ ފައިނަލުގައި މޮރީޝަސްގެ ވިލީނާ އަޕިއާ އާއި ޓިއާ ބުރުތުން ސީދާ ދެ ގޭމުން ބަލިކޮށްނެވެ.

އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ރަން މެޑަލް ހޯދިއިރު، އަންހެން ސިންގަލްސް އިވެންޓުން ނަބާހާ ވަނީ ރިހި މެޑަލް ވެސް ހޯދައިފަ އެވެ.

އަންހެން ސިންގަލްސް ފައިނަލުގައި މޮރީޝަސްގެ ކޭޓް ލޫޑިކް އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ކޭޓް ގެންދިޔައީ 13-21 އަދި 19-21 އިންނެވެ.

މި އަހަރުގެ އައިއޯއައިޖީ އަކީ ބެޑްމިންޓަނަށް ކާމިޔާބު މުބާރާތެކެވެ. ބެޑްމިންޓަނުން ވަނީ ހަތް މެޑަލް ހޯދައިފަ އެވެ. އެއީ ނަބާހާ އާއި ނަބީހާ ޑަބަލްސް އިން ހޯދި ރަން މެޑަލް އާއި، އަންހެން ސިންގަލްސްގައި ނަބާހާ ހޯދި ރިހި މެޑަލް އާއި ނަބީހާ ހޯދި ބްރޯންޒް މެޑަލްގެ އިތުރުން މިކްސް ޑަބަލްސްގައި ނަބާހާ އާއި ހުސައިން ޒަޔާން ހޯދި ބްރޯންޒް މެޑަލް އާއި، ފިރިހެން ސިންގަލްސްގައި ނިބާލް އަހުމަދު ހޯދި ބްރޯންޒް މެޑަލްގެ އިތުރުން އަންހެން ޓީމް ހޯދި ރިހި މެޑަލް އާއި ފިރިހެން ޓީމް ހޯދި ރިހި މެޑަލް އެވެ.