Advertisement

ޔާމީނުގެ މެސެޖެއް؛ "މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި"

31 އޮގަސްޓު 2023 - 17:21 24

މުހައްމަދު ޝަހްޒާން

މ

Advertisement

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، އޭނާގެ މެނިފެސްޓޯ އިއުލާނު ކުރި ޖަލްސާގައި ޕްރެޒެންޓޭޝަން ހުށަހަޅައި ދެއްވާއިރު، ފަހަތުން، ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީންގެ ފޮޓޯ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޔާމީނުގެ މެސެޖެއް؛ "މުއިއްޒު އެ ޖަހަނީ އަމިއްލަ ފަޔަށް ބަޑި"

31 އޮގަސްޓު 2023 - 17:21 24

Advertisement

Advertisement

"އަދަދު" ނޫހުގެ އެތެރެފުށް ޕުރޮގުރާމުގައި ވާހަކަދައްކަވަމުން އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ޑރ. މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް ޔާމީނު، މުއިއްޒުއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާ ކަން މި ނޫހަށް އެނގިއްޖެ އެވެ.

ރައީސް ޔާމީން އެ މެސެޖު ދެއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު އިއްޔެ ކޯޓު ރޫމު ތެރޭގައި ހުންނަވައި ކަމަށް އެތަނުގައި އެވަގުތު ތިއްބެވި ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.

Advertisement

"މުއިއްޒު އިހައްދުވަހު އިންޓަވިޔުއެއްގައި ވިދާޅުވެއްޖެ، ވެރިކަން ކުރާނީ އަމިއްލައަށޭ، ޔާމީނެއް ނޫނޭ، މިއީ ކޮން ވާހަކައެއްތޯ؟ އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނޫން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ،" ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގަށް މުހާތަބު ކުރައްވައި ޔާމީނު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުން ވެސް އިއްޔެ އަޑުއެހުމަށް ކޯޓު ރޫމަށް ވަދެވަޑައިގަތެވެ.

އެ ވާހަކަތައް އެގޮތަށް ވިދާޅުވުމަށްފަހު ރައީސް ޔާމީނު ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ޔާމީނު ވަނީ މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ

Advertisement

ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމެއްގައި ރައީސް ޔާމީނާއި ގާނޫނީ ވަކީލުން އަދި އަޑު އެހުމަށް ވަދެ ތިއްބެވި ބޭފުޅުން.


"ކޮން ބައެއް މުއިއްޒު ދަންނަނީ؟ ކޮން ބައެއް މުއިއްޒު ދަންނަނީ؟ މާލޭން ބޭރަށް ދިޔަވެސް މީހެއްތޯ މުއިއްޒަކީ؟ އެހެންވީމާ މުއިއްޒުއަށް ދަންނަވާ، ސައީދަށް ދެންނެވޭނެ، ޓޮމްއަށް ދެންނެވޭނެ، މުއިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި" ނުރުހުންވެ ހުންނަވައި ޔާމީނު ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ނުރުހުމުގެ މެސެޖެއް ޑރ. މުއިއްޒުއަށް ރައްދު ކުރެއްވިއިރު، އިންތިހާބު ބޮއިކޮޓު ކުރެއްވުމަށް ޔާމީނު ފޮނުއްވި މެސެޖުގެ އިތުރުން، އިތުރު މެސެޖެއް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް އެތެރެފުށް ޕުރޮގުރާމުގައި މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ، ކޯޓު ރޫމުގައި ހުންނަވައި ދެއްވި މެސެޖަކީ ރިޔާސީ ކެމްޕެއިނު ފެށުނު ފަހުން ޔާމީނުގެ ފަރާތުން މުއިއްޒުއަށް ލިބި ލެއްވި ފުރަތަމަ މެސެޖަށް ވާނެ އެވެ.

ރިޔާސީ އިންތިހާބަށް އެންމެ އަށް ދުވަަހަށް ވެފައިވާއިރު، މުއިއްޒުގެ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނުގެ ފޮޓޯ އާއި ނަން ބޭނުން ކުރައްވައިގެންނެވެ. އެކަމާ ގުޅިގެން ވާދަވެރި ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވެސް މުއިއްޒުއަށް އަމާޒުވެފައިވެ އެވެ.

މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވެސް ޕީޕީއެމް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުން އޭރު ވެސް ތުހުމަތު ކުރީ ޑރ. މުއިއްޒުއަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅުއް ކަމަށެވެ.

ޕީއެންސީގެ އިންތިހާބުން ފަރުދާ ކެހި، ހާމަވީ ސްޓޭޖުގެ ފަހަތް

އުފާ ފާޅު ނުކުރުމަށް އެދި ވާހަކަދެއްކި އަޑުން "ރައީސް ޔާމީން" އޭ ގޮވަން ފެށި އެވެ. އެއާއެކު މުއިއްޒުއަށް މަރުހަބާ ކިޔަން ހުޅުވާފައި ހުރި އަނގަަތަކަށް "ރައީސް ޔާމީން ދޫކޮށްލާ" އޭ ގޮވަން މަޖުބޫރު ކުރުވި އެވެ. އެ ރާގުގައި މުއިއްޒުގެ ތުން ވެސް ތަޅުވާލި މަންޒަރު ފެނުނެވެ.

ޕީއެންސީގެ އިންތިހާބުން ފަރުދާ ކެހި، ހާމަވީ ސްޓޭޖުގެ ފަހަތް

އުފާ ފާޅު ނުކުރުމަށް އެދި ވާހަކަދެއްކި އަޑުން "ރައީސް ޔާމީން" އޭ ގޮވަން ފެށި އެވެ. އެއާއެކު މުއިއްޒުއަށް މަރުހަބާ ކިޔަން ހުޅުވާފައި ހުރި އަނގަަތަކަށް "ރައީސް ޔާމީން ދޫކޮށްލާ" އޭ ގޮވަން މަޖުބޫރު ކުރުވި އެވެ. އެ ރާގުގައި މުއިއްޒުގެ ތުން ވެސް ތަޅުވާލި މަންޒަރު ފެނުނެވެ.

ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު، އެތެރެފުށް ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ޕީއެންސީ ބޮޑުކުރާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ޔާމީނަށް ތާއިދު ކުރެއްވި ބައެއް މެމްބަރުން ވެސް މުއިއްޒަށް ތާއިދު ހޯއްދެވުމަށް އޭނާއާއެކު ދަނީ ކެމްޕޭނުގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުންނާއި، މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

Advertisement

43.75%

4.69%

35.94%

15.63%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބަކުރުބެ

over 1 year ago

ފޭކު ވާހަކަ ނުދައްކާ. މިހާރަކު ނޫޅޭ އިބޫއަށް ވޯޓޫދޭނެ މާގިނަ މީހުނެއް.

ޗައްކަރަ

over 1 year ago

ކިހާވަރެއް ނެގީ މި އާޓިކަލްއަށް؟ ޕަބްލިޝްވެސް ނުކުރާތި މި.

ޢަހުމަދު ނައީމް

over 1 year ago

ތިޔަ ވާހަކަ ގަބޫލުކުރާނީ މޮޔައިން؛ ފެންނަ މަންޒަރުން، މުއިއްޒު ކާމިޔާބު ކުރާނެކަން ޔަޤީންވާތީ، ދެކޮޅު ނުޖެހޭ ވާހަކަ ލިޔަނީ! މިފަހަރު، ވޯޓުން މުއިއްޒު ކާމިޔާބު ވާނެކަން ކަށަވަރު ވީމާ، އޮޅުވާލަން އުޅެނީ، މުޅިން ދެކޮޅު ނުޖެހޭ ވާހަކަ ލިޔެގެން!!!

ސުތުލި

over 1 year ago

ބުރޯ ކެތްތެރިވޭ ދުވަސްކޮޅަކުން އެނގޭނެ ހޮވެނީ ކާކުކަން. ވޯޓު ގިނައިން ލިބުނު މީހުން ވެސް އެނގޭނެ


ސަލާ

over 1 year ago

ގިނަ އަދަދަކަށް ލާރި ލިބޭނަމަ އާޓިކަލް ޖަަހަނީ


އަހުމަދު

over 1 year ago

ކިހާ ވަރަކަށް ޖަހާދޭ ހަބަރެއް މީ؟؟؟

ސައުދީ

over 1 year ago

ހެއްހެއްހެއް ޢަދަދު ނޫހުން ކޮންމެވެސް އެހެން ކަމަކާ އުޅެންވީނު. ތީތި ވޯކެއް ނުކުރާނެ.

ޙަސިތތެ 1987

over 1 year ago

ރޔ ވަރަށް ހިކްމަތްތެރިވާނެ ޔާމިިން މި ނޫސް ލިޔިކުއްޖާހާ މޮޔެއްނުވާނެ.

ނަތާޝާ

over 1 year ago

ރައީސް އޮފީހުންވެސް މިހާރު އިބޫގެ އޯޑަރަށް އެންޓި ކެމްޕެއިން ކުރަން ފެށީ ދޯ. ރައީސް ޔާމީނާއި މުއިއްޒުއަކީ އެކައްޗެއް. ދެން ހަޖަމްކޮއްލާ

ޖުލައި

over 1 year ago

ތި ޚަބަރު ތެދަސް ދޮގަސް ، އަހަރެންގެ ވޯޓް މުޢިއްޒަށް. އޯކޭ

މޫސަ

over 1 year ago

ޔާމީން ހާލާކުގެ ތެރެއައްލާ ކަސްތޮޅު އަޅުވާފަ މުއީޒް ބޭނުން ވާ ގޮތައަ ކަން ކުރާ އިރު ޕީޕީއެމްގެ މެމްބަރުން ތިބީ ނިދާފަ އަދިވެސް ހޭނުލާ ވަގު މުއީޒް ކުރި ވައްކަން ފަޅާ އެރީމާ ވަރައް ސާފުކޮށް މިކަން ކަން މިދަނީ ފެންނަމުން އަދި ރައިސް ޔާމީން ގެ ދުލުން ބުނާނެ މިއީ ހަމަ ހަގީގަތުގަވެސް ބޮޑު އޮޅުވާލުމެއްކަން ހާމަވާނެ

ސިނަމަން

over 1 year ago

އޮޅުވާނުލާަ ތިއީހަޤީގަތާ ޚިލާފުވާހަކަ ރައިތުންނެއް ނިދާފަ


ޭސިނަމަނަ

over 1 year ago

ތިއިިިިިިިިިިިިިިިިިިިިިިިިިިިި


އަލީފު

over 1 year ago

ވޯޓު ދޭނީ މުއިއްޒު އަށް. ތިހެން ދައްކާލާ ވާހަކައެއް ގަބޫލެއް ނުކުރެވޭނެ

މާއަސް

over 1 year ago

އަސްލުވެސް ފިތުނައުފަންދަން ހަމަ ވޯޓްދޭނީ މުއިއްޒައް މުއިއްޒު ހަމަބެސްޓު


މުހައްމަދު ހަސަން

over 1 year ago

ތީ ދެން ވަރަށް ޖޯކު ވާހަކައެއް. ބަލި ވާތީ ޖައްސަން އުޅެ ޗައްކަރެއްހެން ހީވަނީ

ސިމާހު

over 1 year ago

މަވެސް ބުނަންވީ ދޯތިހެން މަށައްވެސް ލިބުނޭ ލިޔުމެއް އެހެން ޔާމިން މުއިއްޒުއަށް ތާއީދު ކުރާވަހަކަ ލިޔެފައިން ލިޔުމެއް. ދައްކާ ހަމަ ނުޖެހޭ ވާހަކަ

ސަލީމު

over 1 year ago

ތިހެން އޮޅުވާނުލެވޭނެ. ގަބޫލެއް ނުކުރެވޭނެ. ވޯޓު ދޭނީ މުއިއްޒު އަށް

ވާނުވާގަ

over 1 year ago

އެތާ ބައިވަރު މީހުންތިބި. މަވެސް ހުރިން. ސިއްރުން ބުނި އެއްޗެއްނޫން. މަށަކީ މުއިއްޒުއަށް ތާއިދުކުރާ މީހެއް. މަވެސް ހުރީ ހައިރާންވެފަ ރައީސް އެހެން ބުނީމަ.


އައްބާސު

over 1 year ago

ޔާމިން ތިހެން ނުބުނާނެ. އޮޅުވާނުލާ.

އަރީފު

over 1 year ago

އަހަރެން ތިހެން ޖައްސާ އެއްޗެއް ގަބޫލެއް ނުކުރާނަން. ތީ ބަލިވާތީ ޖައްސާ ޗައްކަރެއް

ޙަސަނާ

over 1 year ago

އާރަށުގެ މައްސަލައިގައި ޔާމީނު ޖަލުން ސަލާމަތެއް ނުވާނެ. ކުރިޔަށް އޮތް 5 އަހަރު ވެސް ޔާމީނު އިންނަންޖެހޭނީ ޖަލުގައި. އަދި ކްރިމިނަލް ކޯޓުގައި މިހާރު އޮތް މައްސަލައިގައިވެސް ޔާމީނު ސަލާމަތެއް ނުވާނެ.

ތޯހާ

over 1 year ago

މިހާއަވަހަށް މައްސަލަޖެހުނީ! ދެންވެރިކަމަށް އައިސިނަމަ ވާނޭގޮތް ވިސްނާ

ީަަ ބަޑޭރި

over 1 year ago

ކޮސްްނުގޮވާ