Advertisement

ރަޝިއާގެ އެކި ހިސާބުތަކަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޮގަސްޓު 2023 - 08:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ސަރަހައްދަކަށް ހަމަލާދީފައި.


ރަޝިއާގެ އެކި ހިސާބުތަކަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޮގަސްޓު 2023 - 08:06 0

ރަޝިއާގެ އެކި ހިސާބުތަކަށް ޑްރޯން ހަމަލާތަކެއް ދިނުމުން ޔޫކްރެއިނަށް ރައްދު ދޭނެ ކަމަށް ރަޝިއާ ސަރުކާރުން ބުނެފި އެވެ.

ރަޝިއާއަށް ދިން ހަމަލާތަކުގެ ދެ އަސްކަރީ ޖެޓާއި، ތެޔޮ ރައްކާކުރާ ތަނަކާއި، މައިކްރޯ އިލެކްޓްރޯނިކްސް ފެކްޓްރީއަކަށް ގެއްލުން ލިބުނެވެ.

ޔޫކްރެއިނުން ގިނަ މިސައިލްތަކާއި ޑްރޯންތައް އަމާޒުވުމުގެ ކުރިން ވައްޓާލި ނަމަވެސް، ރަޝިއާއިން ދެ މީހުން މަރުވި ކަމަށެވެ.

އެ ހަމަލާތަކުގެ ޒިންމާ ޔޫކްރެއިނުން ނުއުފުލަ އެވެ. އެކަމަކު ރަޝިއާގެ ޓާގެޓްތަކަށް އަމާޒު ކުރަން ޑްރޯން ބޭނުންކުރުން ޔޫކްރެއިނުން ފަހަކަށް އައިސް އިތުރުކުރި އެވެ.

ރިޕޯޓުތަައް ބުނާ ގޮތުން ޔޫކްރެއިންގެ ސްޓްރެޓެޖީއަކީ ރަޝިއާގެ އެކި ޓާގެޓްތަކަށް ޑްރޯން ހަމަލާދީގެން، ހަނގުރާމައިގެ ފްރަންޓްލައިންގައި އުޅޭ ރަޝިއާ ސިފައިންނަށް ބޭނުންވާ ސަޕްލައި ފޮނުވުން ލަސްކުރުމެވެ.

ސަޕްލައި ފޮނުވުން ލަސްވާ ހާލަތްތަކުގައި ޔޫކްރެއިންގެ ހަމަލާތައް ވަރުގަދަކޮށް، ގެއްލިފައިވާ ބިންތައް އަނބުރާ ހޯދިދާނެ ކަމަށް އެ ގައުމުން ދެކެ އެވެ.