Advertisement

މިއަހަރު ކައިވެނި އެންމެ ގިނައީ އަދި ވަރި އެންމެ މަދީ ޖުލައި މަހު

30 އޮގަސްޓު 2023 - 09:55 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކައިވެނި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއަހަރު ކައިވެނި އެންމެ ގިނައީ އަދި ވަރި އެންމެ މަދީ ޖުލައި މަހު

30 އޮގަސްޓު 2023 - 09:55 0

ނިމިދިޔަ ޖުލައި މަހު ފެމިލީ ކޯޓުން 281 ކައިވެންޏާއި 55 ވަރިކޮށްދީފައިވާކަން އެ ކޯޓުން ހާމަކޮށްފި އެވެ.

ޖުލައި މަހަކީ މިއަހަރުގެ މިހާތަނަށް ވަރީގެ މައްސަލަތައް އެންމެ މަދު އަދި ކައިވެނި އެންމެ ގިނަ މަހެވެ. މިއަހަރު އެންމެ ގިނައިން ވަރިކޮށްފައިވަނީ މޭ މަހުގަ އެވެ.

ޖެނުއަރީ: ކައިވެނި - 195 ވަރި - 127

ފެބްރުއަރީ: ކައިވެނި -178 ވަރި - 98

މާޗް: ކައިވެނި - 245 ވަރި - 115

އޭޕްރީލް: ކައިވެނި - 114 ވަރި - 76

މެއި: ކައިވެނި - 185 ވަރި - 132

ޖޫން: ކައިވެނި - 254 ވަރި - 79

ޖުލައި: ކައިވެނި - 281 ވަރި - 55

ފެމިލީ ކޯޓުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުލައި މަހު އެ ކޯޓުން ވަނީ ޖުމްލަ 110 މައްސަލަ ނިންމާފައި އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި ހަތަރު މައްސަލައަކާއި، ހަރަދުގެ އަށް މައްސަލައިގެ އިތުރުން އައިލީ އެހެނިހެން 16 މައްސަލައެއް ހިމެނެ އެވެ.

ޖުލައި މަހު ވަރިއާ ބެހޭ 75 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވާއިރު ގެވެށި އަނިޔާއާ ބެހޭ އަށް މައްސަލައެއް ވެސް ވަނީ އެ ކޯޓަށް ހުށަހަޅާފަ އެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގެ 62.5 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، ޖޫން މަހު ނުނިމި ހުރި ގެވެށި އަނިޔާގެ ހަ މައްސަލައާއި، ޖުލައި މަސް ނިމުނުއިރު، ހަތް މައްސަލައެއް ނުނިމި ހުއްޓެވެ. އަދި ހަތް މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.