Advertisement

ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަ ކުރި ދިވެއްސެއް ބެންގަލޫރު އެއާޕޯޓުން ހައްޔަރުކޮށްފި

21 އޮގަސްޓު 2023 - 14:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އިންޑިގޯ އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ: ފައިލް


ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަ ކުރި ދިވެއްސެއް ބެންގަލޫރު އެއާޕޯޓުން ހައްޔަރުކޮށްފި

21 އޮގަސްޓު 2023 - 14:45 0

އޮގަސްޓް، 18 ގައި އިންޑިއާގެ އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން މާލެއިން ބެންގަލޫރަށް ދަތުރުކުރި ދިވެއްސަކު ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ "ނިއު އިންޑިއަން އެކްސްޕްރެސް" ނޫހުން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަކްރަމް އަހްމަދު ނަމަކަށް ކިޔާ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލަ އެއާޕޯޓަށް ފްލައިޓް ޖެއްސުމާ އެކު އެއާޕޯޓުންނެވެ.

އެ ނޫހުން ބުނެފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:48 ގައި ފްލައިޓް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ނައްޓާލުމާ އެކު ބަނގުރާ ދަޅަކާއި ކެޝޫނަޓު ގެނެސްދިނުމަށް ކެބިން ކްރޫއެއް ކައިރީގައި އަކުރަމް އެދުނު ކަމަށެވެ.

އަދި, ކެބިން ކްރޫ އެ ތަކެތި ގެނެސްދިނުމުން، "އަހަރެން ތިކަހަލަ އަންހެން ކުއްޖެއް ހޯދާތާ 51 އަހަރު ވެއްޖެ" ކަމަށާއި ހުސް ވަގުތެއް ލިބޭނީ ކޮންއިރަކުތޯ އަކުރަމް ސުވާލުކޮށްފައިވާކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ އިތުރުން އޭނާ ގެނައި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން 100 ޑޮލަރު ދީ 10 ޑޮލަރު ކެނޑުމަށްފަހު ބާކީ ބޭއްވުމަށް ވެސް އަކްރަމް އެދިފައިވާ ކަމަށާއި، ކެބިން ކްރޫ ގައިގައި ގޯސް ނިޔަތެއްގައި އަތްލި ކަމަށް ވެސް ނޫހުން ބުނެ އެވެ.

އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަކްރަމް ވަނީ އެހެން ކެބިން ކްރޫއަކަށް ވެސް ޖިންސީ ފުރައްސާކޮށް، ތިން ފަހަރު އޭނާގެ ސީޓުން ތެދުވެ ކެބިން ކްރޫނަށް ގޮވާފަ އެވެ.

ކެބިން ކްރޫން އެ މައްސަލަ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ސަމާލުކަމަށް ގެނައުމާއެކު އަކްރަމް ވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލަ އެއާޕޯޓުން ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރަށް ފަހު، އިންޑިއާގެ ފުލުހުން އޭނާއާއި ސުވާލުކުރުމުން، ކެބިން ކްރޫން ރީތިވުމުގެ ސަބަބުން އޭނާއަށް އެމީހުންގެ "ހިދުމަތައް" އެދެވުނީ ކަމުގައި ބުނެ އަމިއްލަ ނަފްސު ދިފާއުކުރަން އަކްރަމް މަސައްކަތްކޮށްފައިވާ ކަމަށް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.