Advertisement

ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

21 އޮގަސްޓު 2023 - 08:44 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ޝެއިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

21 އޮގަސްޓު 2023 - 08:44 0

ދިވެހިންނަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ޝެއިހް އުސްމާން އަބްދުﷲ މިއަދު ފަތިހު އަވަހާރަވެއްޖެ އެވެ.

ޝެއިހް އުސްމާން އަބްދުﷲ، 85، އަވަހާރަވީ ގެކޮޅުގައި ކަމަށް އާއިލާގެ މެމްބަރަކު މި ނޫހަށް މައުލޫމާތު ދިނެވެ. ޝެއިހް އަވަހާރަވީ ފަތިސް ނަމާދު ކުރެއްވުމަށް ހޭލެއްވުމަށްފަހު ވުލޫ ކުރައްވައިގެން އެނދުގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ.

އުސްމާން އަބްދުﷲ އަކީ ސަރުކާރުގެ ވަޒީފާތަކުގައި ވަރަށް ގިނަ އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ޒަކާތާ ބެހޭ ޑިޕާޓްމަންޓުގަ އެވެ.

ޝެއިހް ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ދައުލަތުން ވަނީ އުސްމާން އަބްދުﷲ އަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފަ އެވެ.

ބޭރުން ކިޔަވާ ވިދާޅުވެގެން 1975 ވަނަ އަހަރު ރާއްޖެ ވަޑައިގެން މެދުނުކެނޑި 37 އަހަރު ޝެއިހް ގައުމަށް ހިދުމަތް ކުރެއްވި އެވެ. އެންމެ ފާހަގަކޮށްލެވެނީ މިސްކިތްތަކުގައި އާންމުންނަށް ނަސޭހަތް ދެއްވުމުގައި ގަވާއިދުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ ޒަކާތާ ބެހޭ ކަންކަމުގައި ރާއްޖޭގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅާގެ ގޮތުގަ އެވެ.

ސަރުކާރުން ޒަކާތާ ބެހޭ އޮފީސް އުފެއްދެވުމަށްފަހު އެ އޮފީހުގެ ވެރިޔާގެ މަގާމަށް އުސްމާން އައްޔަން ކުރީ އޭޕްރީލް 1، 1983 ގަ އެވެ. ޒަކާތުގެ ހޭލުންތެރިކަން އިތުރު ކުރަން ޝެއިހް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ.