Advertisement

ޑްރޯން ހަމަލާއެއްގައި ރަޝިއާއިން ފަސް މީހުންނަށް އަނިޔާވެއްޖެ

21 އޮގަސްޓު 2023 - 06:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ ރޭލު ސްޓޭޝަނަކަށް. -- ފޮޓޯ: ރޮއިޓާޒް


ޑްރޯން ހަމަލާއެއްގައި ރަޝިއާއިން ފަސް މީހުންނަށް އަނިޔާވެއްޖެ

21 އޮގަސްޓު 2023 - 06:14 0

ޔޫކްރެއިންގެ ޑްރޯން ހަމަލާއެއްގައި ރަޝިއާގެ ކާސްކް ސަރަހައްދުގެ ރޭލު ސްޓޭޝަނެއްގައި ފަސް މީހުންނަށް އަނިޔާވެއްޖެ އެވެ.

ކާސްކްއަކީ ޔޫކްރެއިންގެ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދެކެވެ. ހަމަ އެ ސަރަހައްދުގައި އޮންނަ ރޮސްތޯވްއަށް ވެސް ޑްރޯނެއް ފޮނުވި އެވެ.

އެހެން ނަމަވެސް، ރޮސްތޯވްއަށް ފޮނުވި ޑްރޯން ނުގޮވާ ކަމަށާއި އެ ތަނުން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޮފިޝަލުން ބުންޏެވެ.

އޭގެ އިތުރުން ވެރިރަށް މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ޑްރޯނެއް ހުއްޓުވި ކަމަށާއި އެ ޑްރޯން ވެއްޓުނީ މީހުން ނޫޅޭ ހިސާބަކަށް ކަމަށް އޮފިޝަލުން ބުންޏެވެ.

ޔޫކްރެއިނުން ރަޝިއާގެ އެކި ހިސާބުތަކަށް ޑްރޯން ހަމަލާދޭ ކަމަށް ރަޝިއާއިން ތުހުމަތު ކުރި ނަމަވެސް، އެފަދަ އެއްވެސް ހަމަލާއެއްގެ ޒިންމާ ޔޫކްރެއިނުން ނުއުފުލަ އެވެ.

އެކަމަކު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކުރިން ވިދާޅުވީ އެއީ ހުއްޓުވޭނެ ހަމަލާތަކެއް ނޫން ކަމަށާއި އެ ހަމަލާތައް ރަޝިއާއަށް ހައްގު ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ހޮނިހިރު ދުވަހު ކާސްކްގައި ދިން ހަމަލާގައި ފަސް މީހުންނަށް އަނިޔާވުމުން، އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.