Advertisement

މާފަރު ފަޅަށް ވަން ބޮޑު ކަންނެލި އައިނު ހިފައި ކޮންމެ ގެއަކަށް ދެ ކަންނެލި

20 އޮގަސްޓު 2023 - 20:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަރު ފަޅަށް ވަތް ކަންނެލި އައިނެއް ރައްޔިތުން ނުކުމެ ހިފަނީ - ފޮޓޯ: ސިމްވާރު


މާފަރު ފަޅަށް ވަން ބޮޑު ކަންނެލި އައިނު ހިފައި ކޮންމެ ގެއަކަށް ދެ ކަންނެލި

20 އޮގަސްޓު 2023 - 20:44 0

ނ. މާފަރު ފަޅުތެރެއަށް މިއަދު އިރުއޮއްސުނު ވަގުތު ވަތް ކަންނެލި އައިނެއް އެ ރަށުގެ ރައްޔިތުން ނުކުމެ ހިފައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް ވަނީ ކަންނެލި ހިފުމުގައި ބައިވެރިވެފަ އެވެ. އަދި, ގޮނޑުދޮށަށް އެތައް ސަތޭކަ ކަންނެއްޏެއް ވަނީ އަރުވާފަ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ގުޅާލުމުން މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ މިވަގުތު އޭނާ ހުންނެވީ ރަށުން ބޭރުގައި ކަމަށެވެ. ނަމަވެސް, ފުދޭވަރަކަށް ގިނަ އަދަދެއްގެ ކަންނެލި ހިފާފައިވާ ކަމަށް ރަށުން މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.

މާފަރު ރައްޔިތުން ނުކުމެ ކަންނެލި އައިން އެންގަން ކޮށްފަ - ފޮޓޯ: ސިމްވާރު


އެ ރަށުން "އަދަދު" އަށް މައުލޫމާތު ދިން އިތުރު މީހަކު ބުނި ގޮތުގައި މިއަދު ހިފި ކަންނެލިތައް ރަށުގައި މިހާރު ދަނީ ބަހަމުންނެވެ. އެގޮތުން މާފަރުގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ދެ ކަންނެލީގެ ރޭޓުން ބަހަމުންދާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މާފަރަކީ ބޮޑު އަދި ތިލަ ފަޅެއް އެކުލެވޭ ރަށެކެވެ. އާންމު ގޮތެއްގައި މިގޮތަށް ކަނޑުމަސް އައިންތައް ރަށްރަށުގެ ފަޅުތެރޭގައި ތާށިވަނީ ބޮޑު ދިޔައިގަ ވަނުމަށްފަހު ދިޔަވަރު ބަދަލުވާ ވަގުތު ނުނިކުމެވުމުންނެވެ.