Advertisement

ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަނީ

20 އޮގަސްޓު 2023 - 16:08 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިނަރެސް ފްލެޓްތައް : ވިނަރެސް ފުލެޓުތަކުގެ ދަޅުދަނޑި މާދަމާ ހަވާލުކުރަން ފަށަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި މާދަމާ ހަވާލުކުރަނީ

20 އޮގަސްޓު 2023 - 16:08 3

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން ތަަރައްގީކުރި ވިނަރެސް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެވެ.

އާބަންކޯއިން ބުނީ ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރު 10 ފަހަތު ކަމަށެވެ.

ވިނަރެސްގެ 1344 އެޕާޓުމަންޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1413 ފޯމު ހުށަހަޅާފައިވެ އެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ. އޭގެ އިތުރުން، ހިޔާ ފްލެޓު ދޫކޮށްލި ފަރާތްތަކާއި، ސީލައިފުގެ ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަދި ގުޅިފަޅުން ކުރިން ފުލެޓް ލިބުނު ފަރާތްތަކަށް ވިނަރެސް ފްލެޓު ދެ އެވެ.

ވިނަރެސް އަކީ އާބަންކޯއިން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

"މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީކޮށްފައިވާ މި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ. ބައެއް ޔުނިޓުތައް މިހާރު ވަނީ ވިޔަފާރިތަކަށް ދޫކޮށްފަ އެވެ.