Advertisement

އައިބީސީ ވޯލްްޑް ޓުއާގެ ފްރާންސް މުބާރާތުގައި އާމިން ވާދަކުރަނީ

20 އޮގަސްޓު 2023 - 13:32 0


އައިބީސީ ވޯލްްޑް ޓުއާގެ ފްރާންސް މުބާރާތުގައި އާމިން ވާދަކުރަނީ

20 އޮގަސްޓު 2023 - 13:32 0

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ ލެ ސަލީ ޕްރޯ 2023ގައި ވާދަކުރުމަށް ރާއްޖޭގެ ޖޫނިއާ ބޮޑީބޯޑިން ޗެމްޕިއަން އާމިން އުމަރު މޫސާ ފްރާންސަށް ފުރައިފި އެވެ.

ފްރާންސްގެ ސަލީ ގައި އޮންނަ ލެ ސަލީ ޕްރޯ އަކީ ޖޫނިއާ އަންހެން އަދި ޖޫނިއާ ފިރިހެން ޑިވިޝަން ހިމެނޭ ފޯރިގަދަ ބޮޑީބޯޑިން ހަރަކާތެކެވެ. މި މުބާރާތުގައި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ބޮޑީބޯޑަރުންނާއި، ދެކުނު އެމެރިކާ އަދި ހަވާއީގެ ގިނަ ބޮޑީބޯޑަރުންތަކެއް ވާދަކުރާނެ އެވެ.

މިމަހުގެ 23-27 އަށް ކުރިއަށްދާ މި އިވެންޓުގައި ރާއްޖޭގެ އާމިން އުމަރު މޫސާ ވާދަކުރަން ނިންމިއިރު، އޭނާ ވަނީ މިމަހުގެ ކުރީކޮޅު މާލޭގައި ކުރިއަށްދިޔަ މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގައި ވާދަކޮށް ރަނގަޅު ކާމިޔާބެއް ހޯދި އެވެ. މިގޮތުން ޖޫނިއާ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގައި އޭނާ ވާދަކުރި އެވެ.

އާމިން މިވަގުތު އޮތީ ޖޫނިއާ ޑިވިޝަންގެ ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގަ އެވެ.

މިއަހަރުގެ ސީޒަނާ އާމިން ކުރިމަތިލީވެސް އައިބީސީ ޓުއާގެ ބައެއް އިވެންޓްތަކުގައި ވާދަކުރުމުގެ އުއްމީދުގަ އެވެ.

އައިބީސީ ވޯލްޑް ޓުއާގައި 11 މުބާރާތެއް ހިމެނޭއިރު، އޭގެ ތެރެއިން ހަ މުބާރާތެއްގައި ޖޫނިއާ ފިރިހެން ޑިވިޝަން ކުރިއަށްދާނެ އެވެ. ފްރާންސް މުބާރާތާއިއެކު ޖޫނިއާ ފިރިހެން ޑިވިޝަން ހިމެނޭ ހަތަރު މުބާރާތެއް ބާކީ އަދި މިއަހަރު އެބައޮތެވެ. އެހެން ކަމުން މި މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ހޯދަައި ދުނިޔޭގެ ތައްޓަށް ވާދަކުރުމުގެ ފުރުސަތު އާމިން އަށް އަދި އެބައޮތެވެ.

ދުނިޔޭގެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާއިއެކު އައިބީސީ ވޯލްޑް ޓުއާގެ އިވެންޓެއްގައި އާމިން ވާދަކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފައިނަލުގައި އޭނާ ވާދަކުރިއިރު، މިދިޔަ އަހަރުގެ ދުނިޔޭގެ ރޭންކިންގެ ކުރިއަށްވެސް އާމިން ޖެހިލި އެވެ.