Advertisement

ރައީސް ސޯލިހު ކުރައްވަނީ ސާފު ކެމްޕޭނެއް، ޔާމީނަށް ވީހެން ނުވާނެ: މާރިޔާ

20 އޮގަސްޓު 2023 - 12:34 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ރައީސް ސޯލިހު ކުރައްވަނީ ސާފު ކެމްޕޭނެއް، ޔާމީނަށް ވީހެން ނުވާނެ: މާރިޔާ

20 އޮގަސްޓު 2023 - 12:34 2

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަނީ މާލީ ގޮތުން ސާފު ކެމްޕޭނެއް ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ސިފަކުރައްވައިފި އެވެ.

ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ކެމްޕޭނަށް ފައިސާ ހޯދަން އޮންނަ އުސޫލާ ހިލާފަށް، ރައީސްގެ ކެމްޕޭނަށް އެއްވެސް ފައިސާއެއް ހޯދާފައި ނުވާނެ ކަމަށެވެ. ކެމްޕެއިން ތަކަށް އެމްޑީޕީން އަބަދުވެސް ފައިސާ ހޯދަނީ އެގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެންގެ ސަރުކާރުން ސިޔާސީ ހުރިހާ ބޭފުޅުންގެ އެކައުންޓްތައް އަހަރު ނިމޭ އިރު ހުށަހަޅާފައިވާނެ އަދި ރައީސް ވެސް ހަމަ ހުށަހަޅުއްވަމުން އެ ގެންދަވަނީ އޮޑިޓާ ޖެނެރަލް އަށް ވެސް އެހެންވީމާ ރައީސް ޔާމީނުގެ ވީހެން ކެމްޕޭނަށް ދިން ފައިސާއޭ ކިޔާފައި މިލިޔަނުން ޑޮލަރު އޮވެފައި، ކެމްޕޭނަށް ހަރަދު ނުކޮށްފައި އެ ނުޖެހޭނޭ ޕާޓީއަށް ދޭކަށް ކިޔާފައި އެކަހަލަ ވާހަކަތަކެއް ނުދާނެ. ހަމަ ވަރަށް ސާފު ކެމްޕެއިނެއް ރައީސް ސޯލިހު ކުރައްވަމުން އެ ގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިމޭރުމުން ވާހަކަ ދެއްކެވީ. ރައީސްގެ ކެމްޕޭނަށް އެންމެ ގިނައިން ހަރަދު ކުރައްވަނީ ކޮން ފަރާތަކުންތޯ ސުވާލުކުރުމުން، އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ. ކެމްޕެއިނަށް ހިނގާނެ ކަމަށް ލަފާކުރަނީ ކިހާ ފައިސާއެއްތޯ ސުވާލުކުރުމުން އެ ސުވާލަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

އޭގެ ބަދަލުގައި އޭނާ ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގަައިވާ ގޮތަށް، ކެމްޕޭން ނިމުމުން ހަރަދުތައް "ޑެކްލެއާ ކުރަން ޖެހޭނެ" ކަމަށެވެ. އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރި ހަރަދު ވެސް އެގޮތަށް ހާމަކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.