Advertisement

ޔޫކްރެއިންގެ ސިޓީއަކަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

20 އޮގަސްޓު 2023 - 06:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސައިލް އަމާޒުކުރީ ޗެރްނިހިވް ސިޓީއަށް. -- ފޮޓޯ: އޭއެފްޕީ


ޔޫކްރެއިންގެ ސިޓީއަކަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެއްޖެ

20 އޮގަސްޓު 2023 - 06:05 0

ކިޔެވް، ޔޫކްރެއިން (އޯގަސްޓް 19) - ހޮނިހިރު ދުވަހު ޔޫކްރެއިންގެ ޗެރްނިހިވް ސިޓީ ސެންޓަރަށް ދިން މިސައިލް ހަމަލާއެއްގައި ހަތް މީހުން މަރުވެ، 100 މީހުންނަށް އަނިޔާވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ރަޝިއާގެ އެ ހަމަލާ އަމާޒުކުރީ ޗެރްނިހިވް ސެންޓްރަލް މައިދާނުގައި ހުންނަ ޑްރާމާ ތިއޭޓަރަކަށެވެ. އދ. އިން ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.

އދ. އިން ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަ ކޯޑިނޭޓަރު ޑެނީސް ބްރައުން ރަޝިއާއަށް ގޮވާލެއްވީ މީހުން ދިރިއުޅޭ ހިސާބުތަކަށް މިސައިލް ހަމަލާ ދިނުން ހުއްޓާލުމަށެވެ.

ހަަމަލާ ދިނީ ޔޫކްރެއިންގެ ގިނަ ބަޔަކު ފާހަގަކުރާ ދީނީ ދުވަހަކާ ދިމާކޮށް، މީހުން ފައްޅިތަކަށް ދިޔަ ވަގުތުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޔޫކްރެއިންގައި މީހުން އާބާދުވެފައިވާ ހިސާބުތަކަށް ރަޝިއާއިން ތަކުރާރުކޮށް ދޭ ހަމަލާތައް އަޅުގަނޑު ކުށްވެރިކުރަން،" ބްރައުން ވިދާޅުވި އެވެ.

ވެރިރަށް ކިޔެވްގެ އުތުރުން 150 ކިލޯމީޓަރު ދުރުގައި އޮންނަ ޗެރްނިހިވްއަށް އަމާޒުކޮށް މީގެ ކުރިން ދިނީ މަދު ހަމަލާއެކެވެ. އެ ސިޓީ ހިފަން މަސައްކަތްކޮށް ރަޝިއާއަށް ނާކާމިޔާބުވި އެވެ.