Advertisement

މުއިއްޒު ވައުދު ވަނީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން: މާރިޔާ

19 އޮގަސްޓު 2023 - 15:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަދައްކަވަނީ، އޭނާ ވަނީ އިދިކޮޅު ޕީއެންސީ ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުއިއްޒު ވައުދު ވަނީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން: މާރިޔާ

19 އޮގަސްޓު 2023 - 15:27 0

ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު، މުހައްމަދު މުއިއްޒު ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަކީ މި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މުއިއްޒު ކޮށްދެއްވާނެ ކަމަށް ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަކީ މިހާރު ވެސް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ކަމަށާއި މުއިއްޒުގެ ކެމްޕޭނަށް އެކަށީގެންވާ ވަރުގެ ވައުދުނާމާއެއް ތައްޔާރުކޮށްފައި ނުވާކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓު، ޕީއެންސީ/ސަލަފުގެ މުއިއްޒު، މި ބޭފުޅާ ތަންތަނަށް އަރުއްވާފައި ވައުދުވެ ވަވަޑައިގަންނަވާއިރު، އަޅުގަނޑުމެން ތިބޭފުޅުންނަށް ދަންނަވަން، ކޮންމެ ފަހަރަކު ވެސް ވައުދެއް މި ވެޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއަކާ ބެހޭ ގޮތުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދަޅުވީ އެހެން މެދުވެރިވާން ޖެހޭ މައިގަނޑު ސަބަބަކީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްހެން މި ސަރުކާރުން ފުއްދައިދެމުން ދާތީ ކަމަށް އެއީ ވުން ގާތް ކަމެއް ކަމަށެވެ. އަދި މުއިއްޒުއަށް އެ ދެއްކެވެނީ ކޮން ވާހަކައެއްކަން އެނގިނުލައްވަފާނެ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުން ގާތަށް ގޮސް ވާހަކަ ދައްކާފައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލިވައިގެން އަޅުގަނޑުމެން މެނިފެސްޓޯއެއް ތައްޔާރުކޮށްގެން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން އަގުކޮށް، އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތާއި އެ ތަފުސީލުތައް ބަލައިގެން ތަރުތީބުވެގެން ކަންކަން ހިންގާ ބައެއް،" އިދިކޮޅުގެ ސިޔާސަތުތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވި އެވެ.

"މުއްޔަށް އަރުއްވާފައި އެއާޕޯޓޫގެ ވާހަކަ ދައްކަވާއިރު، މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެއޮއް ދަނިއްޔޭ ކުރަމުން،"

މުއިއްޒު ރިޔާސީ ކެމްޕޭނުގައި އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީޕީން މިހާރު ވެސް ގެންގުޅޭ ސިޔާސަތެއް ކަމަށްވާ، ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތު ހަމަ އެގޮތަށް ކުރައްވާނެ ކަމަށް ވިދާޅުވުމުން މާރިޔާ ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"ކުޑަ ރަށަކަށް އަރުއްވައިފިއްޔާ ދައްކަވަނީ ކުޑަ ރަށެއްގެ މުހިންމު ވާހަކަ، ބޮޑު ރަށަކަށް އަރުއްވައިފިއްޔާ ވިދާޅުވަނީ ތިމަންނަމެން ކޮންސެންޓުރޭޓު ކުރާނީ ބޮޑު ރަށަށޭ، އެތަނަކަށް އަރުއްވަމުން ކަންފަތްދޮށުގައި ކޮންމެވެސް އެކްޓިވިސްޓަކު ބުނާ އެއްޗެއް ވިދާޅުވަމުން ވަޑައިގަންނަވަނީ،" މާރިޔާ ވިދާޅުވި އެވެ.